ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް7ގައި ސުކޫލު ފޮތްތައް ހުރީ ގިނަ ދުވަސް ހަލާކުނުވާހެން ވަރުގަދަކުރެވިފައި!

އެމް7 ސުކޫލު ފޮތް ލިސްޓު ޕްރޮމޯ: ފޮޓޯ/އެމް7
ޝެއާރކޮށްލާ ކަހަލަދޯ؟

އެމް7 އިން ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން “ފޮތް ލިސްޓު 2024 ޕްރޮމޯ” މޭ މަހުގެ 25 ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މި އަހަރު އެ ކުންފުނިން ދޫކުރާ ފޮތްތައް ހުންނާނީ ގިނަ ދުވަސް ހަލާކުނުވެ ހުންނާނެ ގޮތަށް ތައްޔާރުކޮށް ވަރުގަދަކުރެވިފައިކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން ޕްރިންޓިންގެ ހިދުމަތްތަކުގެ އިތުރުން ސުކޫލު ފޮތްތައް ފޯރުކޮށްދިނުމާއި، ސްޓޭޝަނަރީ ފަދަ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެމް7 އިންވަނީ ދިރާސީ އައު އަހަރަށް ތައްޔާރުވުމުގައި ބެލެނިވެރިންނާއި ދަރިވަރުންނަށް ލުއިތަކެއް ގެނެސްދިނުމުގެ ގޮތުން އިންތިޒާމުތައް ހަމަޖައްސާފައެވެ. އެގޮތުން މިފަހަރު އޮންލައިންކޮށާއި އައުޓްލެޓްތަކަށް ވަޑައިގެންވެސް ފޮތް ލިސްޓު އެއް ތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އެމް7ގެ މެނޭޖަރު “ސަންގު” އަށް މައުލޫމާތު ދެއްވިގޮތުން އެ ކުންފުނިން ފޯރުކޮށްދޭ ފޮތްތަކުގެ ކޮލިޓީއަށް އެމް7 އިން އަހައްމިއްޔަތު ދޭކަަމަށެވެ. އަދި ކަސްޓަމަރުން ހިއްސާކުރާ ހިޔާލުތަކަށްވެސް ރިއާޔަތްކުރުމަށްފަހު މި އަހަރު ފޮތްތައް ފަރުމާކޮށްފައިވަނީ ހާއްސަ ގޮތަކަށް ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ތެރަސް ލައި ތަތްކުރުމުގެ އިތުރުން ފޮތްތައް ހުންނާނީ ފަހައި ގަނޑުތައް ނެއްޓިގެން ނުދާ ގޮތަކަށް ބިނާކޮށްފައިކަމަށާއި ޔޫރަޕުގެ ތެރަސް ބްރޭންޑެއް ބޭނުންކޮށްފައިވާއިރު ކަރުދާސް ބްރޭންޑަކީވެސް ޔޫރަޕުގެ ބްރޭންޑެއްކަމަށް ހިއްސާކުރިއެވެ.

އެމް7 އިން މައުލޫމާތު ދީފައިވާގޮތުން ގެެނެސްފައިވާ ސްޓޭޝަަނަރަކީތަކަކީވެސް މެލޭޝިއާގެ އުފެއްދުންތަކެއްކަމަށެވެ. އަދި ފޮތްތަކުގައި ހުންނާނީ ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ކުރެހުންތައްކަމަށާއި އެއީވެސް އެމް7ގެ ޑިސައިންތަކެއް ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެމް7ގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރުވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އައުޓްލެޓްގައި ހުންނަވައިގެން އެ ކުންފުނީގެ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އެގޮތުން ކުންފުނިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ފޯރުކޮށްދެމުންދާ ތަކެއްޗާއި ހިދުމަތްތައް ހުންނާނީ އެއް ފެންވަރެއްގައިކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް ގިނަ އަދަދެއްގެ މީހުން ދިރިއުޅޭކަމަށްވުމުން މާލެއަށް ގޮސް ހިދުމަތްތައް ލިބިގަތުމުގެ ތަކުލީފު ޖެހިގެން ނުދާނެ ގޮތަށް އިންތިޒާމުތައް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށް ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައިވެސް ލުއިތައް ލިއްބައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. އެގޮތުން އެމް7 އަށް ގުޅައިގެން އެޖެންޓެއްގެ ގޮތުގައި އެކުގައި މަސައްކަތްކުރުމަށްވެސް ފުރުސަތު ހުޅުވާލާފައިވާކަން ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިހާރުވެސް ގިނަ އަދަދެއްގެ ރަށްތަކުގައި އެމް7 އެޖެންޓުން ތިބިކަމަށާއި އެ ކުންފުނީގެ ވެބްސައިޓު( https://m7booklistpromo.bitrix24.site/crm_form_ifcae/ ) މެދުވެރިކޮށް އޮންލައިންކޮށްވެސް ހިދުމަތް ލިބިގަނެވޭނެކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ ހިދުމަތްތައް އިންތިޒާމުކޮށްފައިވަނީ ކަސްޓަމަރުން އައުޓްލެޓްތަކަށް ވަޑައިނުގަތަސް ފޮތް ލިސްޓު ލިބޭނެ ގޮތަށް ކަމަށްވެސް ވިދާލުވިއެވެ.

އެމް7 ގެ ހިދުމަތްތައް ހޯއްދެވުމުގެ ގޮތުން ގުޅުއްވާނީ 3324683 އަށް ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާއިރު، ވަޓްސްއެޕްއާއި ވައިބާރ މެދުވެރިކޮށް ހިދުމަތް ހޯއްދެވުމުގެ ގޮތުން 7353610 ފޯނު ނަމްބަރު ބޭނުންކުރެއްވޭނެކަމަށްވެސް ބުނެފައިވެއެވެ. އެ ނަމްބަރުތަކުގެ އިތުރުން 9993610 އަދި 7773610 އަށް ގުޅުއްވޭނެކަމަށްވެސް އެމް7 އިން މައުލޫމާތު ދީފައިވެއެވެ.

އެމް7ގެ ތިން އައުޓްލެޓް މާލެ ސަރަހައްދުގައި ހުންނަކަމަށްވުމުން ފިހާރައަށް ވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މައުޅޫމާތަށްޓަކައި އެ ކުންފުނިންވަނީ އައުޓްލެޓްތަކުގެ އެޑްރެސްވެސް ހިއްސާކޮށްފައެވެ. މާލޭގައި ތިއްބަވާ ކަސްޓަމަރުންނަށް ފެން ބިލްޑިންގް ކުރިމަތީގައި ހުންނަ އެމް7ގެ ފިހާރައިން ފޮތް ލިސްޓު ބަލައިގަނެވޭނެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅުއްވާ ފަރާތްތަކަށް ބްރައިޓްވޭ އިންޓަރނޭޝަނަލް ސުކޫލު ސަަރަހައްދާއި ގާތުން ނިރޮޅު މަގު 7 ނަމްބަރު ގޯޅީގައި ހުންނަ ފިހާރައަށް ޒިޔާރަތްކުރައްވައިގެން ހިދުމަތް ލިބިގަނެވޭނެކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާއިރު، ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރު 2 އެއްގެ ތިރީގައި ސަލާހުއްދީނު ސުކޫލުގެ ކުރިމައްޗަށް ވާގޮތަށް އެމް7ގެ އައުޓްލެޓްއެއް ހުންނާނެކަމަށް މައުލޫމާތު ދީފައިވެއެވެ. މި ފަހަރު ފޮތް ލިސްޓު ދޫކުރުމުގެ މަސައްކަތްތައް މޭ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: