ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީގެ ލިސްޓުގައިވެސް އަދި ރައީސް ޞާލިހުގެ ލިސްޓްގެވެސް އެއްވަނައިގަ ސަންގު ޓީވީގެ ޝިފްލާ

ކޮމިޓީން އިންޓަތވޮއުކުރަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ތަރުތީބު ކުރިއިރުވެސް ސަންގު ޓީވީގައި މަސައްކަތް ކުރާ ޝިފްލާ އިބްރާޙިމް އެއްވަނައިގައި ހިމަނައިފިއެވެ.

ބްރޯޑްކޮމަށް ކުރިމަތިލެއްވި 36 ބޭފުޅުންގެ ލިސްޓް ރައީސް ތަރުތީބު ކުރެއްވި އިރު އެމަނިކުފާނު އިސްކަން ދެއްްވީ ކުރިން ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރެއްވި އަދި މިހާރު ސަންގު ޓީވީގައި މަަސައްކަތް ކުރައްވާ ޝިފްލާ އިބްރާހީމާއި ގ. ޑޭޒީފަހި، މުހައްމަދު ހިލްމީ އަށެވެ. ޝިފްލާއަކީ ސަންގު ޓީވީގެ މުވައްޒަފުންނަށް ޚަބަރު ކިޔުމާއި، ޚަބަރު އުފެއްދުމަށް ޓްރެއިނިންގ ދޭ މުވައްޒަފެކެވެ. އަދި އެ ޓީވީގެ އެންމެ ގިނަ ދުވަސްވީ ނިއުސް އެންކަރއެވެ.

ޝިފްލާވަނީ ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައެވެ. އަދި މިހާރު އޭނާ ދަނީ ބެޗްލާރސް އިން އާރްޓްސް އެންޑް ޖާނަލިޒަމް ކިޔަވަމުންނެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ޝިފްލާ ނިކުތީ މީގެ 21 އަހަރު ކުރިންނެވެ.

މި އަހަރުގެ ތެރޭގައި ވްމެން އޮން ބޯޑްސް އިން ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ޝިފްލާކޮށްދެމުންދާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއްވެސް ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: