ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އާއި ކޮމިޓީން، އިސްކަން ދިން ޝިފްލާގެ ނަން ބްރޯޑްކޮމްއިން ކަޓުވާލަން ތްރީލައިން ވިޕެއް!

ކޮމިޓީން އިންޓަތވޮއުކުރަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބުނު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް ކަޓުވާލައި، އެހެން ފަރާތްތައް ނެގުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުމަށް  ނިންމައިފި އެވެ.

ޝިފްލާ އިބްރާހީމް ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ތަރުތީބު ކުރިއިރުވެސް ސަންގު ޓީވީގައި މަސައްކަތް ކުރާ ޝިފްލާ އިބްރާޙިމް އެއްވަނައިގައި ހިމެނިފައެވެ.

ބްރޯޑްކޮމަށް ކުރިމަތިލެއްވި 36 ބޭފުޅުންގެ ލިސްޓް ރައީސް ތަރުތީބު ކުރެއްވި އިރު އެމަނިކުފާނު އިސްކަން ދެއްްވީ ކުރިން ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރެއްވި އަދި މިހާރު ސަންގު ޓީވީގައި މަަސައްކަތް ކުރައްވާ ޝިފްލާ އިބްރާހީމާއި ގ. ޑޭޒީފަހި، މުހައްމަދު ހިލްމީ އަށެވެ. ޝިފްލާއަކީ ސަންގު ޓީވީގެ މުވައްޒަފުންނަށް ޚަބަރު ކިޔުމާއި، ޚަބަރު އުފެއްދުމަށް ޓްރެއިނިންގ ދޭ މުވައްޒަފެކެވެ. އަދި ސަންގު ޓީވީގެ އެންމެ ގިނަ ދުވަސްވީ ނިއުސް އެންކަރއެވެ.

ޝިފްލާވަނީ ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައެވެ. އަދި މިހާރު އޭނާ ދަނީ މާސްޓާޒް ފުރިހަމަ ކުރައްވާފައެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ޝިފްލާ ނިކުތީ މީގެ 21 އަހަރު ކުރިންނެވެ.

މި އަހަރުގެ ތެރޭގައި ވްމެން އޮން ބޯޑްސް އިން ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ޝިފްލާކޮށްދެމުންދާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއްވެސް ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: