ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގެނަން ހަވާލު ކުރީ ހެޔޮ އަގެއް ހުށަހަޅާފައިވަނިކޮށް: އޭޑީކޭ

ތަޖުރިބާ އެބަހުރި، ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގެނަން ހަވާލު ކުރީ އެއަށް ވުރެ ހެޔޮ އަގެއް ހުށަހަޅާފައިވަނިކޮށް/ އޭޑީކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ޑްރެގާ ބްރޭންޑުގެ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ، އެއަށްވުރެ ހެޔޮ އަގެއްގައި އެ އެއްޗެހި ގެނެސްދޭނެ ކަމަށް ބުނެ އަދި އެކަމުގެ ތަޖުރިބާ ވެސް ހުރިކަން އެނގިތިބެ ކަމަށް ޑްރެގާގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރު އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން ބުނެފިއެވެ.

މައްސަލައިގައި ބަޔާނެއް ނެރެ، އޭޑީކޭ ޓްރޭޑިންއިން ބަޔާނެއް ނެރެ ބުނެފައިވަނީ ރަސްމީ ސިފައެއްގައި ނޫންނަމަވެސް، ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމާއި ގުޅޭގޮތުން ރައީސް އެކުލަވާލާފައިވާ އެގްޒެކެޓިވް ސްޓިއަރިން ކޮމިޓީގައި ހުންނަވާ ބޭފުޅެއް ބޭނުންވެގެން ވެންޓިލޭޓަރާއި ބެހޭ މައުލޫމާތު ހިއްސާކުރި ކަމަށެވެ. މަށް ރައީސް އޮފީހުން އެކުލަވައިލި އެގްޒެކެޓިވް ސްޓީރިއަން ކޮމިޓީގެ މެމްބަރަކު، އޮޅުން ފިލުވާފައިވަނީ “ޑްރެގާ ވެންޓިލޭޓަރު” ފޯރުކޮށްދެވޭނެ އަގެވެ. އެއީ ސީދާ ކޮން ފަރާތަކާއި މެދު ވެވުނު މުއާމަލާތެއްކަން ހާމަނުކޮށް އޭޑީކޭ ޝިޕިންއިން ބުނެފައިވަނީ، އެ ވާހަކަ ދެކެވުނީ މިދިޔަ މާޗު މަހުގެ 15 ގައި ކަމަށެވެ.

ޢޭޑީކޭ ޝިޕިންއިން ބުނެފައިވަނީ އެ ފަރާތާއި ހިއްސާ ކުރި މައުލޫމާތުތަކުގައި، އެ ބްރޭންޑުގެ ވެންޓިލޭޓަރަކީ ދުނިޔޭގެ ލީޑިން އަދި އެ ވަގުތު ވަރަށް ޑިމާންޑު ބޮޑު ބްރޭންޑުކަން ފާހަގަކުރި ކަމަށެވެ. އަދި އެ ސަޕްލައިކުރުމުގައި ޕްރޮޑަކްޝަން ބޮޓްލްނެކް ތަކެއް ހުރިކަން ޑްރެގާގެ މައި ކުންފުނިން އެ ކުންފުންޏަށް އަންގާފައިވާތީވެ، އަވަސް މުއްދަތެއްގެ ތެރޭގައި ސަޕްލައިކޮށް ދެވޭނެތޯ ބުނަން އެނގޭނީ ޑްރެގާގެ މައި ކުންފުނިން ސްޕެސިފިކޭޝަން ވެރިފައި ކުރުމަށް ފަހުގައި ކަމަށް ބުނެފައިވާނެ ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ، ޔޫރަޕިއަން ސްޓޭންޑަށްއަށް ފެތޭ، އަދި މި ހާލަތަށް އެކަށީގެންވާ ސީއީ ސެޓިފިކޭޝަންގެ ގެ ދެބްރޭންޑެއްގެ ވެންޓިލޭޓަރު 5700 ޑޮލަރާއި، 7،200 ޑޮލަރާއި ދެމެދުގެ އަގެއްގައި އެއް މަސް ދުވަހުގެ ތެރޭގައި ސަޕްލައިކޮށްދެވޭނެކަމަށް ދެންނެވިކަމަށެވެ. އޭޑީކޭގެ ބަޔާނުގައި މިގޮތަށް ފާހަގަކުރިއިރު، ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހެލްތް މިނިސްޓްރީއިން މަސައްކަތް ހަވާލުކޮށްފައިވަނީ ވެންޓިލޭޓަރެއް 32،000 ޑޮލަރުގެ ރޭޓުންނެވެ.

އޭޑީކޭ ޓްރޭޑީންއަކީ ރާއްޖޭގެ އެންމެ ބޮޑު ޕްރިވެޓު ދެ ހޮސްޕިޓަލާއި ސަރުކާރުގެ ހޮސްޕިޓަލްތަކަށް ވެސް ބޭނުންވާ މެޑިކަލް ސާމާނު ފޯރުކޮށްދޭ ކުންފުންޏެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ޑްރެގާ ވެންޓިލޭޓަރާއި އެނެސްތީ ޝިއާ މެޝިންގެ އިތުރުން ކޮވިޑް-19 ގެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ޕީސީއާރު މެޝިނާއި ޕީޕީއީ ވެސް މެދުނުކެނޑި ފޯރުކޮށްދިންކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ކަންބޮޑުވުންފާޅުކޮށް އޭޑީކޭ ޓްރޭޑިންއިން ބުނެފައިވަނީ އެ ކުންފުންޏަކީ ރާއްޖޭގައި ހުންނަ ޖަރުމަނުގެ ދުރައެގާ ކުންފުންނީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަމަށެވެ. އެހެން ނަމަވެސް އެ ބައި-ޕާސްކުރުމަށްފަހު ބޮޑު އަގުގައި ވެންޓިލޭޓަރު ގެނައުން ކަންބޮޑުވާ ކަމަށެވެ.

ބަޔާން ނިންމާލަމުން އޭޑީކޭ ޓްރޭޑިއިން ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ފެތުރިފައިވާ ވަގުތުގައި ވެސް ވެންޓިލޭޓަރާއި، ޕީޕީއީތައް ގަތުމަށް ކަމަށް ބުނެ މިނިސްޓްރީން މުއާމަލާތްތައް ހިންގާފައިވާ ގޮތުން ރައްޔިތުންނަށް ހައްގުވާ އެންމެ ފުރިހަމަ ސިއްހީ ވަސީލަތްތަކުން މަހުރޫމްވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގު ނިގުޅައިގަނެ، ބަޔަކު ނާޖައިޒް މަންފާ ނަގާފައިވާ ކަމަށް ގަބޫލުކުރެވޭތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: