ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދިފާއި ބާރުގެ ކޮވިޑު އޮޑިޓް: އަމަލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް!

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް އެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޅުވާލުންތަކާއި، ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް އެކުލެވޭ ރިޕޯޓުތަކަށްފަހު، ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓު އާއްމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ކޮވިޑު19 ގެ ހާލަތުގެ ތެރެއިން ޑިފެންސް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕަލަނަސް ރިޕޯޓު އާއްމުކުރިއިރު، މިނިސްޓްރީގެ އޮޑިޓުގައިވާ ގޮތުން ހުރިހާ މަސައްކަތްތަކަކައި މަސްއޫލިއްޔަތެއް އަދާކޮށްފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންނެވެ.

ޖެނުއަރީ މަހުން ފެށިގެން، ޖޫން މަހުގެ ނިޔަލަށް ކޮވިޑާއި ގުޅިގެން އެމްއެންޑީއެފްއަށް ކަޑައަޅާފައިވާ ބަޖެޓުން ކުރި ހަރަދުތައް ދައްކާގޮތުން މިނިސްޓްރީން ވަނީ ހުރިހާ ހަރަދެއްގެ ވެސް ތަފްސީލުތައް ބަލަހައްޓާފައެވެ. އެގޮތުން މިނިސްޓްރީއަށް ކަނޑައަޅި 17 މިލިއަންގެ ތެރެއިން 5.5 މިލިއަން ރުފިޔާ ހަރަދުކުރިއިރު ބާކީ 11.8 މިލިއަން ރުފިޔާ ހުރިކަމަށް އޮޑިޓުން ދައްކައެވެ.

މިނިސްޓްރީން ހަރަދުތައް ކުރި ގޮތުގެ ތަފްސީލުތައް އޮޑިޓު ރިޕޯޓުގައި ހިމެނާފައިވެއެވެ. އެމްއެންޑީއެފުން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ، ކޮވިޑުގެ އޮޕަރޭޝަންތަކަށް ބެނުންކުރި ކަނޑުއުޅަންދުފަހަރަށް ތެޔޮ އެޅުމަށެވެ. އެއީ 3.2 މިލިއަން ރުފިޔާއެވެ. އެއަށްފަހު ދެން ބޮޑު ހަރަދެއް ހިނގާފައިވަނީ މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ހަރަދަށް 1 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ކޮވިޑާއި ގުޅޭ އޮޕަރޭޝަންތަކުގައި ބައިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިތަކަށް 06 ލައްކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ސިފައިން ތިބި މަރުކަޒުތަކަށް ބޭނުން ވާ ހަރު މުދާތައް ހޯދުމަށް އެމްއެންޑީއެފްއިން ވަނީ ބަޖެޓުން 03 ލައްކަ ރުފިޔާ ހަރަދުކޮށްފައެވެ.

“ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން 1 ޖަނަވަރީ 2020 އިން 30 ޖޫން 2020 ގެ ނިޔަލަށް ކުރި ޚަރަދު ކަމަށް މަތީގައިވާ ބަޔާނުގައި ހިމަނާފައިވާ ޚަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާ ލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް މި އޮފީހުން ދެކެމެވެ” އޮޑިޓު ރިޕޯޓު

ކޮވިޑާ ގުޅިގެން ކުރަމުންދާ ޚަރަދުތަކުގެ އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ގަވައިދާއި އެއްގޮތަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ގެންދަވަނީ އެފަދަ އޮޑިޓްތައް ހައްދަވަމުންނެވެ.

ކޮވިޑުގެ ހަރަދުތަކާއި ގުޅޭގޮތުން ކުރި ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭހެން މި ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ އޮޑިޓުތައް ވަނީ އާއްމުކޮށްފައެވެ. އެ އޮޑިޓުތައް ދައްކާ ގޮތުން، ދެ މިނިސްޓްރީން ވެސް ވަނީ މަސައްކަތް ކުރުމުގައި އޮޅުވާލުންތަކެއް އޮޅުވާލާ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އަމަލުތަކެއް ކޮށްފައެވެ.

ބޮޑެތި ހަރަދުތަކެއްކޮށް، ރާއްޖެއަށް ގެންނަން ބުނި މެޑިކަލް ސާމާނުތައް ވެސް ލިބިފައި ނުވާއިރު އެންމެ ބޮޑު މައްސަލައެއް ފެންމަތިވެފައިވަނީ ވެންޓިކޭޓަރުތައް ހަވާލު ކުރުމާއި މެދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: