ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ފޮނަދޫ މަގުތަށް ހެދުމުގެ މަޝްރޫޢުގެ %62 ނިމިއްޖެ: އެމްޓީސީސީ

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ޕޮޓޯ؛ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީ އިން ހަވާލުވެގެން ކުރިއަށް ގެންދާ ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ %62 ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި ލ. ފޮނަދޫ މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓުވަނީ 13 އޮގަސްޓް 2020 ގައި އެ ރަށަށް ގެންދެވިފައެެވެ.

މި މަޝްރޫޢުގެ ދަށުން 3.5 ކިލޯމީޓަރުގެ ސަރަޚައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަ ޖެހިފައިވާ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދިނެވެ.އަދި ފެންހިންދާ ނިޒާމެއް ގާއިމުކޮށް، ސްޕީޑް ބްރޭކަރުލުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އަދި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުުން އެމްޓީސީސީ އަށް ހަވާލުކޮށްފައިވާ މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: