ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމެހެއްޓެނިވި އީޖާދުތަކާ ބެހޭ ބައިނަލްއަގުވާމީ ހަރަކާތެއް ރާއްޖޭގައި ބާއްވަނީ

ފެން " ގެ ލޯގޯ "
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ މުސްތަޤުބަލަށްޓަކައި އެކި ދާއިރާ ތަކުން ކުރެވޭނެ ދެމެހެެއްޓެނިވި އީޖާދު ތަކާއި ބެހޭ ބައިނަލްއަގުވާމީ ބޮޑު މަހާސިންތާއެއް ރާއްޖޭގެ ގައި ބޭއްވުމަށް ނިންމައިފިއެވެ.

” ފެން ފެސްޓިވަލް ” ގެ ނަމުގައި އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމި މި ހަރަކާތަކީ ” އޮޑިޓީ ” އަދި ” ދަ އީކޯ އޯގްއިން ” ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ ޕާރޓްނަރުންގެ ތެރޭގައި ބަންޔަން ޓްރީ ގްލޯބަލް ފައުންޑޭޝަން، ފްލައިމީ، ޓޯކީޑޯ، އެމްޑަބްލިއު އައި ވެންޗާޒް، ރިއު ހޮޓެލްސް އަދި ސްޓޭޖްކޯ ހިމެނެއެެވެ.

” ފެން ” އިން މައުލޫމާތު ދިން ގޮތުގައި 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ދިވެހި ރާއްޖޭގައި ބާއްވާ ފެން ފެސްޓިވަލް ބާއްވާނީ ދ. އަތަޮޅުގައި އޮންނަ ބަންޔަން ޓްރީ ގްރޫޕުން ހިންގާ އަންގްސާނާ ވެލާވަރު ރިސޯރޓާއި ރިއު އެޓޯލް ރިސޯޓުގައެވެ.

ދުނިޔޭގެ އެކި ސިނާއަތްތަކުން ތަޖުރިބާކާރުން މި ފެން ފެސްޓިވަލް ކޮންފަރެންސްގައި ބައިވެރިވާނެއެވެ. އެގޮތުން ތަގުރީރު ކުރާ ބައެއް ފަރާތްތަކުގެ ތެރޭގައި ގޫގުލް، ޖޯގްރަފިކް، ބްރިޓިޝް ޕެޓްރޯލިއަމް، ސީއެންއެން، އޫބާ، ނާސާ، އައިއެފްއެމް، ބީއެމްޑަބްލިއު އަދި ޓޯކީޑޯ ފަދަ ކުންފުނި ތަކާއި އެކި ޖަމިއްޔާތަކުގެ ލީޑާރުންނާއި އިންވެސްޓަރުން ހިމެނެއެވެ. މި ބޭފުޅުން ތަގުރީރު ކުރައްވާނީ ލައިފްސްޓައިލް، ހަކަތަ، މޮބިލިޓީ، ޑިޒައިން، ސިއްހަތު، ތިމާވެށި، މީޑިއާ އަދި މާލީ ދާއިރާގެ މުސްތަޤުބަލަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވޭނެ ގޮތްގޮތާއި އީޖާދުތަކާއި ބެހޭގޮތުންނެވެ.

” ފެން ” ފެސްޓިވަލްގެ ތެރެއިން އެކްސްޕޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެ ބޭނުމަކީ ޖަމިއްޔާތަކާއި ކުންފުނިތަކާއި އަދި އީޖާދުތަށް އުފައްދާ ފަރާތްތަކުން އެމީހުންގެ ހިދުމަތްތަކާއި އީޖާދުތައް ދައްކާލުމެވެ. މި ފެސްޓިވަލް އޭޕްރިލް މަހުގެ ތެރޭގައި ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާއިރު، މި ހަރަކާތުގެ އެކި ބައިތައް ކުރިއަށް ދަނީ މުނިފޫހި ފިލުވުމުގެ އެކި ހަރަކާތްތަކާވެސް އެކުގައި ކަމަށް ” ފެން ” ފެސްޓިވަލް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދިނެވެ.

މި ފެސްޓިވަލްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މި ހަރަކާތުގެ ވެބްސައިޓް މެދުވެރިކޮށް ޕްރީރަޖިސްޓަރ ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: