ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރ ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވާން ދިހަ ދުވަސް

މޭޔަރ ޝިފާ މުހަންމަދު - ޕޮޓޯ: ރާއްޖެއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރ ޝިފާ މުހަންމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކައުންސިލުގެ ބައްދަލުވުމަށް ހުށަހަޅައި ޖަވާބުދާރީ ވުމަށް ދިހަ ދުވަހުގެ މުއްދަތެއް ދީފިއެވެ.

އަންގާރަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ޝިފާ ގެ މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ނުވަ ކައުންސިލަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމީ ކައުންސިލު ހިންގަވަން ޝިފާ އިހުމާލުވެވަޑައިގެންފައި ކަމަށް ބެލެވޭތީ، ޤާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދާރީ ވުމަށްޓަކައި އޭނާ އަށް ފުރުސަތު ދެއްވުމަށެވެ.

މޭޔަރާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގަން ހުށައެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކަައުންސިލަރު މުހަންމަދު ފަޒީނެވެ. ފުރަތަމަ މި މައްސަލަ ހުށަހެޅުއްވުމުން ކައުންސިލު ބައްދަލުވުމަށް އެޖެންޑަރ ނުކުރެއްވި މައްސަލަ އޭނާ ލޯކަލް ގަވަމެންޓް އޮތޯރިޓީ ( އެލްޖީއޭ ) އަށްވެސް ހުށަހެޅުއްވިއެވެ.

އެލްޖީއޭގެ އުސޫލުގައި އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތުމުން އަނެއްކާވެސް ފަޒީން އެ މަސައްސަލަ ހުށަހެއްޅުއްވީ 39 މައްސަލައެއް ފާހަގަ ކޮށެވެ. އޭނާގެ ތުހުމަތަކީ ލާމަރުކަޒީ އުސޫލާއި ޚިލާފަށް މޭޔަރު ބޭނުން ގޮތަކަށް ކައުންސިލު ހިންގުމެވެ.

ފަޒީން މޭޔަރު ޝިފާ އަށް ގިނަ ތުހުމަތު ތަކެއް ކުރައްވަމުން ގެންދަވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އެ ގޮތުން މާރުކޭޓު ގޮޅިތައް ދޫކުރި ގޮތާއި ލޮނުޒިޔާރަތް ކޮޅު ޕާރކު ހެދުމުގައި ޤާނޫނާއި ޚިލާފަށް ޚަރަދުކޮށްފައިވުން ހިމެނެއެވެ. ފަޒީންގެ މި ތުހުމަތުތައް ޝިޕާ ކުރިން ވަނީ ދޮގު ކުރައްވާފައެވެ.

މި އަހަރުގައި ބާއްވާން ކުރިން ތާވަލު ކުރި ކައުންސިލު އިންތިހާބުގައި މޭޔަރ ކަމަށް ވާދަކުރައްވަން ޝިފާ އެމްޑީޕީގެ ޕްރްއައިމަރީއަށް ކުރިމަތިލެއްވި ނަމަވެސް އޭނާ އަށް ޓިކެޓެއް ނުލިބުނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: