ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެބިނެޓަށް ވަގުން އައްޔަންކުރީ އެމްޑީޕީން، ޒިންމާ ނަގަންޖެހޭނެ: ޖާބިރު

ރައީސް ނަޝީދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެބިނެޓަށް ވަގުން އައްޔަންކުރީ އެމްޑީޕީއިން ކަމަށާއި އެކަމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބޭފުޅުންވިޔަސް އަދި ވަގުން ކަމުގައިވިޔަސް، ކެބިނެޓަށް ވަގުން އައްޔަންކުރީ އެމްޑީޕީއިން ކަމަށެވެ. އެހެންކަމުން، ކޮރަޕްޗަންގެ އަމަލުތަކުގެ ޒިންމާއިން ރެކެވެން އެމްޑީޕީއަށް ނެތް ކަމަށް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަަލައާއެކު މިނިސްޓަރ އަމީނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް ގޮވާލައި އަދި އެފަދަ އަމަލުތައް ހިންގާ މީހުންނާއި މެދު އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ކޮވިޑާއި ގުޅިގެން ހުރިހާ މަސައްކަތެއް ކުރީ ދިފާއީ ބާރުން ކަމަށެވެ. އޮޑިޓް ރިޕޯޓުތަކުންވެސް ޑިފެންސް މިނިސްޓްރީއިން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލަށް ސެލިޔުޓް ކުރަންޖެހޭ ކަމަށެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކޮށްފައިވަނީ ދިފާއީ ބާރުން ކަމަށާއި އެކަމަކު ވައްކަން ކޮށްފައިވަނީ އެހެން ބަޔަކުކަމަށް ވިދާޅުވިއެވެ. އަދި ކޮރޯނާ ވައިރަހުގެ ނަމުގައި ސަރުކާރުން ގައުމުގެ ނޭވާ ހޮޅި ދޮވެލާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މައްސަލައަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ވައްކަން ކޮށްފައިވަނީ އެމްޑީޕީގެ މެމްބަރުން ނޫންކަން ހާމަވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެމްބަރު ޑިފެންސް މިނިސްޓަރ މާރިޔާގެ މިފަދަ އެއްވެސް މައްސަލައެއް ހާމަވެފައިނެތްކަން ވަނީ ފާހަގަކުރެއްވިއެވެ.

މިވާހަކަތަކަށް ރައްދުދެއްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެމްޑީޕީގެ މެމްބަރުން ކޮރަޕްޝަންގެ އަމަލުތަކުން ބަރީއަވެގެންވާނަމަ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ހާމަނުކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު މަގާމުތަކުން އެއްފަރާތްކޮށް، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަގާމުތަކުން ދުރުނުކުރުވަނީ ކީއްެވެތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: