ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދެ ހަފްތާވެސް މާލޭސިޓީގެ ސުކޫލުތަކުގެ ކިޔެވުން އޮންލައިން ކޮށް

ދަރިވަރަކު ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯ ބަލަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެހަފްތާވެސް މާލޭ ސިޓީގެ ސުކޫލު ތަކުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް އެޑުއުކޭޝަން މިނިސްޓްރީ އިން ނިންމަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ވަނީ 23 އޮގަސްޓް 2020 އިން 3 ސެޕްޓެންބަރުގެ ނިޔަލަށް އޮންލައިން ކޮށް ކިޔަވައި ދިނުން ކުރިއަށް ގެންދަން ނިންމީ ކޯވިޑް19ގެ ހާލަތައް ރިޔާޢަތްކޮށް، ހެލެތު ޕްރޮޓެކްޝަން އޭޖެންސީ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން ކަމުގައެވެ. މި ނިމުން ދެ ހަފްތާ، ފަހުން މުރާޖަޢާ ކުރެވޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ މި ޓުވީޓުގައި ބަޔާން ކޮށްފައިވެއެވެ.

ނިއު ނޯރމަލް އަށް ކިޔެވުން ކުރިއަށް ގެންދަން ފެށި ފަހުން މިހާރު ކޯވިޑްގެ ކޭސްތައް އިތުރުވަމުން ދާތީ މާލޭ ސިޓީގެ ސުކޫލު ތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާތާ މިއީ ދެވަނަ ހަފްތާއެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ޖުލައި އެކަކުން ފެށިގެން މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސްކޫލްތަކެއްގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުން ގޮސްފައިވާއިރު، މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9އިން 12އާއި ހަމައަށް ވަނީ ކިޔަވައިދެމުން ގޮސްފައެވެ. އަދި މާލެ ސިޓީގެ ސްކޫލްތަކުގެ ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށް މިއޮގަސްޓް މަހުގެ 16 ވަނަ ދުވަހު ކިޔަވައިދިނުން ފެށުމަށް މިންމި ނަމަވެސް ފަހުން ވަނީ އެކަން ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: