ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އާއިލާ މީހެއް ވައްކަން ކުރުމަކީ ޔައުގޫބް ވައްކަންކުރުމެއް ނޫން”

މެމްބަރު ޔައުގޫބް ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ...
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް މިނިސްޓްރީއަށް ވެންޓިލޭޓަރތަކެއް ގެނައުމުގެ ނަމުގައި ހިނގައިދިޔަކަމަށްބުނާ ބޮޑު ކޮރަޕްޝަންގެ މައްސަލާގައި ތުހުމަތުކުރެވޭ ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއަރ އަކީ އާއިލީގޮތުން ތިމާގެ މީހެއްނަމަވެސް، އެހެން މީހަކު ކުރާ ކަމެއްގެ ޒިންމާ ބޮލުގައި ނޭޅުވޭނެކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިހާބްވުމަށް ރައްޔިތުން ގާތުގައި ދެއްކި ވާހަކަ ވަރަށް ރަނގަޅަށް ހަނދާނުގައި އެބަހުރިކަމަށާއި، އެއީ ވައްކަން ނުކުރާނެވާހަކައާއި ވައްކަންކުރާ ވަގުން ހިފާނެ ވާހަކަކަމަށެވެ. މިއަދުވެސް މިހުރީ އެދުވަހު ދެއްކި ވާހަކަމަތީކަމަށް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީތެރޭގައި ހިނގި ބޮޑު ވައްކަމުގެ މައްސަލަ އޮޑިޓް އޮފީހުން ރިޕޯޓް ނެރުމާއެކު ހެލްތް މިނިސްޓަރ އަމީން، އަދި އެ މިނިސްޓްރީގެ އިސް ބައެއް ވަނީ މައްސަލަ އިތުރަށް ތަހުގީގުކޮށް ނިމެންދެން ގޭގައި މަޑުކުރަން އަންގާފައެވެ. އޭގެތެރޭގައި މެމްބަރު ޔައުގޫބްގެ އާއިލީ ފަރާތެއް ހިމެނުމުން އެކަމުގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ އަމާޒުވަމުންނެވެ.

އެކަމަށް ރައްދުދެއްވާ މެމްބަރު ޔައުގޫބް ވިދާޅުވީ ވެންޓިލޭޓަރތައް ރާއްޖެނައިސް ދިގުލައިގެން ދިޔުމުން އާއްމުންގެ ޝަކުވާ އެކަމުގައި އޮތުމުން ކޮވިޑް19 ގުޅުންހުރި ހަރަދުތައް ބެލުމަށް މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންގަން ފާސްކުރީ އޭނާގެ ބައިވެރިވުމާއެކުކަމަށެވެ. އަދި މިއަދުވެސް ގަބޫލުކުރައްވަނީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީވެސް، ބިޑްކޮމިޓީގެ ޗެއަރ (މެމްބަރު ޔައުގޫބް އާއި އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތް)، ފައިނޭންސް އެގްޒެކެޓިވްވެސް އަދި ސީދާ ހެލްތް މިނިސްޓަރ އަމީންވެސް މިކަމުގައި ޒިންމާވާންޖެހޭކަމަށެވެ.

ނަމަވެސް އާއިލީގޮތުން ގުޅުން އޮންނަ ފަރާތަކުން ވައްކަމެއްކުރިނަމަވެސް، “ޔައުގޫބް ވައްކަންކުރިއޭ” ބުނުމަކީ ހިތާމަހުރިކަމެއްކަމަށް ވިދާޅުވިއެވެ. އަދި އޭނާ ޒިންމާވާންޖެހޭނީ އޭނާ ކުރާ ކަމަކަށްކަމަށާއި، އެހެން މީހުން ކުރާ ނުރަނގަޅުކަމެއް މެމްބަރު ބޮލުގައި އެޅެން ނުޖެހޭކަމަށް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގެ ތެރޭގައި ބަ ހިމެނެއި މަ އާއިލާގެ ގޮތުން ނިސްބަތެވެނެ ކުއްދެކެ، ބިޑް ކޮމިޓީގެ ޗެއަރ. އަދިއެއް މިވަގުތުއެސް މި ބޮނެންނު ބިޑް ކޮމިޓީއެސް، ބިޑް ކޮމިޓީގެ ޗެއަރސް މިކަމުގައި ޒިންމާ ވެންނެ ބަ ޖިހެއި… ހަނދާނެ ކޮށްލެނެޖިހެނެ މުހިއްމު ކަމެކެ، މަ ނިސްބަތެވެނެ އާއިލާކު މީހެކުނެ ވައްކަން ކޮޅައުމެއްކޫ ޔައުގޫބު ވައްކަން ކޮޅައުމެކެ ނުން. މަމީ މުޅިން ވަކި މީހެކެ، މަ ކެރެނެ ކަމެކުން މަޓެ އަދަބެ ލެބެންނެ ޖިހެންނު. މަ ނުކެރެނެ ކަމެކުން މަޓެ އަދެބެ ލެބީގެން ނުވެންނި. މީހެކުނެ ވައްކަން ކޮޅެސް އޭބު ޔައުގޫބު ނުން، ޔައުގޫބު ވައްކަން ކޮޅެފެހޭ ބޮނެންނު ޔައުގޫބުއޯ: ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް

ވައްކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި “މަންމަ ވިޔަސް” ދޫ ނުދެއްވާނެކަމަށް ފާހަގަކޮށް، މެމްބަރު ޔައުގޫބް ވިދާޅުވީ، އޭނާ ނިސްބަތްވާ ސިޔާސީ ފިކުރަށް، ސަރުކާރަށް ބެލުމެއްނެތި ވައްކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ދެމިހުންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: