ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ މައްސަލަތަކުގެ ތަހުގީގަށް ތިން ހާލަތެއް، ގުޅިގެން ހިންގާ ތަހުގީގުތައް ޕީޖީގެ ސަމާލުކަމަށް ގެންނަން ޖެހޭ!

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގީ އިދާރާތައް ގުޅިގެން “ޖޮއިންޓް އިންވެސްޓިގޭޝަންއެއް” ގެގޮތުގައި ތަހުގީގެއް ކުރިއަށް ގެންދާއިރު އެކަމުގެ މައުލޫމަތުތައް ހިއްސާކޮށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ ސަލާމުކަމަށް ގެންނަން އެ އޮފީހުން ބުނެފިއެވެ.

މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކޮށް ޕީޖީ އޮފީހުން ބުނެފައިވަނީ، ތަހުގީގެއް ކުރުމުގައި ކުރިމަތިވާ މައިގަނޑު ތިން ހާލަތެއްގައި އަމަލުކުރަން ޖެހޭނީ އެ އޮފީހުން އަންގާފައިވާ ގޮތާއި އެއްގޮތަށް ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުން ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ،

“ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ޢަމަލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް މި އިރުޝާދު ނެރުއްވާފައިވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުންނެވެ”

މި އެންގުންތަކުގައި ވަނީ ތިން ކަމެއް ހިމަނާފައެވެ. އޭގެ ތެރޭގައި ތަހުގީގު ކުރަމުން ދާ މައްސަލައަކީ އެ އިދާރާއަކަށް ތަހުގީގު ކުރުމުގެ އިހުތިސޯސް ނުލިބޭ މައްސަލައެއްކަން އެނގިއްޖެ ހާލަތެއްގައި، އެ މައްސަލައެއް ތަހުގީގު ކުރުމުގެ އިހުތިސޯސް ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުން ހިމެއެވެ.

ދެވަނަ ނުތުކާއަކީ ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ތަހުގީގީ އެހެން އިދާރާއަކަށް ތަހުގީގު ކުރުމުގެ އިހުތިސާސް ލިބޭ ކުށެއް އެކުލެވިގެންވާކަން އެނގިއްޖެނަމަ ތަހުގީގު ނިމެންދެން މަޑުނުކޮށް އެ ކުށުގެ ބައި އިހުތިސޯސް ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމެވެ.

މީގެ އިތުރުން ތިން ވަނަ ހާލަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ތަހުގީގީ އިދާރާތަކުން ޖޮއިންޓް އިންވެސްޓިގޭޝަންއެއް ކުރިއަށްގެންދަން ނިންމާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނައުމަށް ވެސް ވަނީ އަންގާފައެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެެ ބާރު ލިބިފައިވާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން މި ހާލަތްތަކަށް އަމަލު ކުރުމަށް ޕީޖީއިން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: