ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގު ތުހުމަތު ކުރެވޭ ފަރާތެއްގެ އަސާސީ ޙައްޤެއް ނިގުޅައިގަތުމަކީ ޤާނޫނީ ދައުލަތެއްގައި ހިނގައިގެންވާނެ ކަމެއް ނޫން: ޑރ އަހުމަދު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ތުހުމަތު ކުރެވޭ ފަރާތެއްގެ ނުވަތަ މުއްތަހަމެއްގެ އަސާސީ ހައްގެއް ފާޅުކަން ބޮޑުގޮތެއްގައި ނިގުޅައިގަތުމަކީ ގާނޫނީ ދައުލަތެއްގައި ހިނގައިގެންވާނޭ ކަމެއް ނޫން ކަމަށް ކުރީގެ އުްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ އަހުމަދު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންގެ ހައްގު ލިބުމަށް ހުރަސް އަޅައި، ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޔާމީންގެ އާއިލާ އިން ބުނުމާއި ގުޅިގެންނެވެ.

މަނީ ލޯންޑްރިންގެ ކުށުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާތީ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންނާއި އެ މަނިކުފާނުގެ ވަކީލުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީން ވަކީލުންނާއި ބައްދަލު ކުރުމުގެ ހައްގުން މަހުރޫމްކޮށްފައި ވަނީ ހޯމް މިނިސްޓްރީ އާއި ކަރެކްޝަންގެ ވެރިންގެ ބައިވެރިވުމާއި އެކު ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ގާނޫނުގެ ދަށުން ލިބިދީފައިވާ، ގާނޫނީ ވަކީލުންގެ ހައްގު ވެސް ނިގުޅައިގެންފައިވަނީ ކޯޓުން އެނގި އެންގުމާއި ހިލާފުވެ ކަމަށެވެ.

ޑރ އަހުމަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  ތަފާތު ޒަރީޢާތައް ދައްކައިގެން ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅައި ފާޅުކަން ބޮޑުގޮތަކަށް މުއްތަހަމެއްގެ އަސާސީ ޙައްޤެއް ނިގުޅައިގަތުމަކީ ޤާނޫނީ ދައުލަތެއްގައި ހިނގައިގެންވާނެ ކަމެއް ނޫން. ކަމަށެވެ. 

ކޮރަޕްޝަނާއި، ރިޝްވަތުގެ ތުހުމަތުކޮށް ބައްޕާފުޅުގެ މައްޗަށް އިތުރު ދައުވާއެއް އުފުލާ، އިބްތިދާއީ އަޑުއެހުމުގެ ޝަރީއަތް ކުރިޔަށް ދިޔަ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޒޭން އާއްމު ކުރި އެ ބަޔާނުގައި ބުނެފައިވަނީ އެ އަޑުއެހުން ބާއްވާފައި ވަނީ ވެސް ވަކީލުންނާއި ބައްދަލު ނުވެ ކަމަށެވެ. ހައިކޯޓާއި ކްރިމިނަލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރުތައް ތަންފީޒުކުރަންޖެހޭ އިދާރާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް ވާއިރު، އެ އިދާރާގެ ބަލަދުވެރިޔަކީ ހޯމް މިނިސްޓްރީކަން ޒޭން ގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ އާއިލާއިން އިންތިހާއަށް ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިމުމަކާއި ހަމަޔަށް ގޮސްފައި ވަނިކޮށް، އެ މަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައި އެ މައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވީ، ދިފާއުވެވަޑައިގަތުމަށްޓަކައި ބޭނުންވާނެ ވަސީލަތްތައް ގާއިމްނުކޮށް ކަމަށް ޒޭންގެ ބަޔާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރާއި އެއްގޮތަށް ބައްދަލުވުން ހަމަޖެހޭނެކަމަށް އަންގާ ވަކީލުންގެ ޓީމުން މާފުއްޓަށް ދަތުރުކުރުމުން، ތަފާތު އެކި ބަހަނާތައް ދެއްކިކަމަށާއި، ރަށަށް އެރުމުގެ ހުއްދަ ނުދިނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި، މާފުށީ ކައުންސިލްގެ ހުއްދަ ނުލިބޭކަމަށް ބުނެކަމަށް ޒޭން ވިދާޅުވިއެވެ.

ޒޭންގެ ބަޔާނުގައި ވިދާޅުވީ ކުށުގެ ތުހުމަތުގައި ބަންދުކުރާ ފަރާތްތަކާއި ގައިދީން ޖަލުތަކަށް ގެނެސްގޮސްދިނުމާއި އެ ފަރާތްތަކާ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ  ކަރެކްޝަންސްގެ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް ބައްދަލު ކުރުމުގެ ހުއްދައެއް ނެތްކަމަށް ބުނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާއިމެދު އަނިޔާވެރިވުން ކަމަށް ވިދާޅުވިއެވެ. އަދި އެއީ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމު ކުރުމަށް ދެއްކި ބަހަނާއެއް ކަމަށް ޒޭން ވިދާޅުވެފައިވެއެވެ.

ބަޔާން ނިންމާލަމުން ޒޭން ވިދާޅުވެފައިވަނީ އެކި ފަހަރުގެ މަތިން މީޑިޔާގައި އެއްވެސް އަސްލެއް އަސާސެއްނެތް ދޮގު ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އާއިލާއިން ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: