ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުން ނީލަމަށް ލައިފި: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުން ނުވިއްކާކަށް އެއްވެސް އެއްޗެއް ނެތްކަން ހާމަވަމުން ދާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓުވީޓެއް މެދުވެރިކޮށެެވެ. އަބްދުއްރަހީމްގެ ޓުވީޓުގައި ވަނީ ރަށަކަސް، ބިމަކަސް، ކަނޑަކަސް އަދި ފަޅަކަސް ވިއްކާލާފައިވާ ކަމަށް ވިދާޅުވެފައެވެ. ސަރުކާރު ހިންގަން ނޭނގުމުން، އޭގެ އަގު އަދާ ކުރަން ޖެހެނީ ރައްޔިތުންނަށް ކަމަށްވެސް އަބްދުއްރަހީމުގެ ޓުވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

” ރައީސް ޞާލިޙުގެ ސަރުކާރުން ނުވިއްކާކަށް ހަމަ އެކައްޗެއްވެސް ނެތްކަން މިހިރަ ދަނީ ހާމަ ވަމުން. ރަށަކަސް، ބިމަކަސް، ކަނޑަކަސް، ފަޅަކަސް ވިއްކާ ހުސްކޮށްފި. ރައްޔިތުން ނީލަމަށްލައިފި. ސަރުކާރު ހިންގަން ޞާލިޙަށް ނޭގުމުގެ އަގު އަދާ ކުރަން މި ޖެހުނީ ދިވެހި ރައްޔިތުން. ހިތާމައިގެ ކޮޅެއްވެސްނެތް. ” އަބްދުއްރަހީމްގެ ޓުވީޓުގައި ވިދާޅުވިއެވެ.

މީގެއިތުރުން ވެސް އަބްދުއްރަހީމްގެ ޓުވީޓުގައި ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ބޮޑު ހިޔާނަތް ފަޅާއެރިތާ އެތައް ދުވަސްތަކެއް ވޭތުވެގެން ދިޔައިރުވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ނުވާ ކަމީ ކޮރަޕްޝަނަށް ސަރުކާރުންދޭ ” ޒީރޯ ޓޮލަރެންސް ” ވަރަށް ސާފުކޮށް އެނގިގެންދާ ކަމެއް ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

އަބްދުއްރަހީމު ވިދާޅުވީ ” ހެލްތު މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީގެ ބޮޑު ޚިޔާނާތް ފަޅާ އެރިތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްފައި ނުވުމުން ރައީސް ޞާލިޙުގެ ސަރުކާރުން ކޮރަޕްޝަނަށްދޭ “ޒީރޯ ޓޮލަރެންސް” ރައްޔިތުންނަށް ވަރަށް ރަގަޅަށް ހާމަ ވެއްޖެ! ” ކަމަށެވެ.

ސަރުކާރަށް މިފަދަ ފާޑު ކިޔުންތައް ރަށްދުވާންފެށީ ކޮވިޑް19އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ކުރި ހަރަދު ތަކުގެ އޮޑިޓު ރިޕޯރޓުން ހިޔާނާތާއި ވަށްކަމުގެ އެތައްކަމެއް ފާހަގަވި ހިސާބުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: