ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް ޖެހިގެން އަސްކަރިއްޔާގައި ގިނަދުވަހު ޚިދުމަތްކުރި ބޭކަލެއް ނިޔާވެއްޖެ

ލެފްޓިނެންޓް ކާނަލް (ރިޓަޔަޑް) ޢަބްދުލްޣަނީީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް ޖެހިގެން ގިނަ ދުވަހު އަސްކަރިޔާގައި ޚިދުމަތް ކުރެއްވި ބޭކަލެއް ނިޔާވެއްޖެއެވެ

ކޯވިޑުގައި އަވަހާރަވީ 1960 ވަނަ އަހަރު އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން، މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯރސް ( އެމްއެންޑީއެފް ) ގައި ޚިދުމަތް ކުރެއްވި، ލެފްޓިނެންޓް ކާނަލް ( ރިޓަޔާރޑް ) އަބްދުލްޣަނީ ( ސ. ނަންބަރު:105 ) އެވެ. ޢަބްދުލްޣަނީީ އަކީ ދިގު މުއްދަތަކަށް ދިވެހި އަސްކަރިއްޔާގައި ތެދުވެރިކަމާއި އެކު ޚިދުމަތް ކުރެއްވި ބޭކަލެކެވެ. އެމްއެންޑީއެފް އިން އަބްދުލްޣަނީ ސިފަކުރައްވާފައި ވަނީ ވަފާތެރި އަދި އިޚުލާސްތެރި ބޭކަލެއްގެ ގޮތުގައެވެ.

ލެފްޓިނެންޓް ކާނަލް (ރިޓަޔަޑް) ޢަބްދުލްޣަނީީ އަވަހާރަވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ދަންވަރު 1:28 ހާއިރުއެވެ. އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި މިއީ ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި 25 ވަނަ މީހާއެވެ.

ލެފްޓިނެންޓް ކާނަލް (ރިޓަޔަޑް) ޢަބްދުލްޣަނީީ، ސިފައިންގޭގައި އިޚުލާސްތެރިކަމާއި އެކު އަދާ ކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 ކުލައާ 7 މެޑަލް ލިބިފައިޑައިގެންފައިވާ ބޭކަލެކެވެ. އަބްދުލްޣަނީ ދިވެހި އަސްކަރިއްޔާގައި ހިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ހިދުމަތް ކުރެއްވީ ކޯސްޓްގާޑްގައި ކަނޑުމަތީގެ ހިދުމަތްތަކުގައެވެ.

.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: