ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތް މިނިސްޓްރީގެ ބިޑް އެވެލުއޭޝަންތައް އަންނަ ހަފްތާގައި އާންމު ކުރާނެ: މަހުލޫފް

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް:ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުޚަލާގެ ޚުލަސާ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރު ކުރަމުންދާއިރު، ޔޫތް މިނިސްޓްރީގެ ބިޑް އެވެލުއޭޝަންތައް އަންނަ ހަފްތާގެ ތެރޭގައި އާންމު ކުރާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެވެ.

މިކަމާ ގުޅޭ މައުލޫމާތުތައް ފިނެންސް މިނިސްޓްރީން މިދިޔަ ހަފްތާގެ ތެރޭގައި އާންމު ކުރަން ފަށާފައިވާއިރު، އިވެލުއޭޝަން މަރުހަލާގެ ހުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި އަދި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިނެވެ.

މިނިސްޓަރ މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ބިޑް އެވެލުއޭޝަންތައް ހާމަ ކުރަން ފަށާނެ ކަމަށެވެ. އަދި މިއީ ބިޑް ކުރާ ފަރާތްތަކަށް މުހިއްމު މައުލޫމާތުތަކަކަށް ވެގެންދާނެ ކަމަށާއި، މި މައުލޫމާތުތައް ރައްޔިތުންނަށް އެނގުމަކީ މުހިއްމު ކަމެއް ކަމަށް މަހުލޫފް ފާހަގަ ކުރެއްވިއެވެ.

މިވަގުތު ވެބްސައިޓުގައި ޝާއިއުކޮށްފައި ވަނީ ހަމަ އެކަނި 2020ގައި ކުރިއަށް ގެންދިޔަ ބީލަންތަކުގެ އިވެލުއޭޝަން ހުލާސާއެވެ. ނަމަވެސް އޮގަސްޓް މަހުގެ ނިޔަލަށް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ޝާއިއުކުރެވޭނެ ކަމަށް ފިނޭންސް އިން ވަނީ ބުނެފަ އެވެ.

ވޭތުވެ މިދިޔަ ދެ އަހަރަކީ ޔޫތް މިނިސްޓްރީން ރެކޯޑް އަދަދަކަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔަ ދެ އަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: