ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނަން: ޖާބިރު

ޑީއާރުޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު...
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅާނެ ކަމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމެވީ ހާރިޖީ ސިޔާސަތު ފެއިލްވެ އަދި އެކަމުގެ ޒިންމާ މިނިސްޓަރު ޝާހިދު ނަންގަވަން ޖެހޭތީ ކަމަށެވެ. އެކި ގައުމުތަކާ އޮންނަން ޖެހޭ ހަމަހަމަ ގުޅުން ނުބޭއްވެނީވެސް މިނިސްޓަރ ޝާހިދުގެ ސަބަބުން ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވާފައެވެ.

ހޯމަ ދުވަހު އެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ޖާބިރު ވިދާޅުވެފައިވާއިރު، މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް ވޯޓުނަގާ މައްސަލައެއް މަޖިލީހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮޔެވެ.

ޖާބިރުގެ މިނިންމެވުމާއި ގުޅިގެން މަޖިޅިހުގެ ރައީސް، ނަޝީދުވަނީ ޝާހިދަށް ނަޝިދުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ. ނަމަވެސް ދާދި ފަހުން ނަޝީދު ވެސް ވަނީ އެމްޑީޕީއަށް ނިސްބަތްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: