ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްސާން ސަރުކާރަށް: “ފިޔަވަޅު އެޅީ ސިއްހީ މާހިރުންގެ ލަފައަށް ތޯ ސުވާލު އުފެދޭ، ވާނެގޮތެއް ވާން ދޫނުކުރައްވާ!”

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހު ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެ ސިޓީގައި ނުރައްކާވާ މިންވަރަށް ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ އެއީ ސިއްހީ މާހިރުންގެ ލަފާތޯ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ލޮކްޑައުންގެ ލުއިތަކާއި އެކު މާލެ ތެރޭގައި ވަރަށް ބޮޑަށް ދަނީ ބަލި ފެތުރެމުންނެވެ. އަދި ހަމައެކަނި މި ހަފްތާއަށް ބަލާލިި ނަމަވެސް އަދަދުތައް150 އިން މައްޗެވެ.

ރާއްޖޭގައި އިތުރުވަމުންދާ ނަމްބަރުތަކަށް އާއްމުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ވޭތުވެ ދިޔަ ތިން ދުވަހު ރާއްޖެއިން ފެނުނު ކޮވިޑު ކޭސްތައް ހިއްސާ ކުރައްވާ ޣައްސާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސިއްހީ މާހިރުންގެ ލަފާތައް ގަބޫލު ކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީއިރު، ޕޮޒިޓިވް ކޭސްތައް ދަނީ އިތުރުވަމުން ކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް މިއީ ސިއްހީ މާހިރުންގެ ލަފާތޯ ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.

“ސިއްހީ މާހިރުންގެ ލަފާ ގަބޫލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. ދުވަހުން ދުވަހަށް ޕޮޒިޓިވް ވާ ކޭސެސްގެ އަދަދު މިހާ މަތިއިރު، މިވަގުތު އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ސިއްހީ މާހިރުންގެ ލަފާތޯ ރައްޔިތުން އެބަ އައްސަވާ. ވާނެގޮތެއް ވާން ދޫނުކުރައްވާ”

ގައްސާން ވިދާޅުވީ ކޭސްތައް އިތުރުވާއިރު، މިގޮތަށް ދޫކޮށްފައި އޮތުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް ފެނުމާއި އެކު މާލޭގައި އޮތީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ބޭރަށް ނިކުމެ އުޅުން މަނާ ކުރުމާއި އެކު، މާލެއަށް އަރާ ފޭބުން އޮތީ މަނާކޮށްފައެވެ. އޭގެ އިތުރުން ވެސް ވިޔަފާރި ކުރުމުގެ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެނެވި، އިންސްޕެކްޝަންތަކެއް ކުރިޔަށް ގެންދެވުނެވެ.

މާލެއިން ކޭސްއެއް ފެނުމުގެ ކުރިން ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގެ ރެސްޓޯރެންޓް ކެފޭތަކުގެ ޑައިންއިން ހިދުމަތް ދިނުން މަނާ ކުރިއެވެ. އަދި އާއްމުކޮށް މީހުން އެއްވެ އުޅޭ ޕާކުތައް ބަންދު ކުރިއެވެ. ސްކޫލުތަކުގެ ކިޔެވުމާއި، އޮފީސްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައީ މުވައްޒަފުން ތަނުގައި ލޮކްޑައުން ވެގެން ތިބެގެންނެވެ.

ކޭސްތަކަށް އެޓެންޑު ކުރަމުން ދިޔަ އުސޫލަކީ، ޕޮޒިޓިވް ވާ މީހާގެ ޕްރައިމެރީ ކޮންޓެކްޓްތަކާއި ހަމައަށް ޓްރޭސްކޮށް އެ މީހަކު އައިސޮލޭޓު ކުރަމުންނެވެ. ކިރިޔާ ވެސް ބައްޔަށް ޝައްކު ކުރެވޭ މީހެއްނަމަ އެ މީހަކު އެކަހެރިކޮށް ސާމްޕަލް ނަގާ، ބައްޔަށް ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ވެސް އެ މީހެއްގެ ކޮންޓެކްޓްސްތައް ވީހާވެސް މަދު ކުރުމަށް މަސައްކަތް ކުރެވުނެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ނާޒުކުވެފައި، ވަސީލަތްތައް މަދެވެ. އެހެން ނަމަވެސް ރާއްޖޭގައި ތިބީ ފުންނާބު އުސް، ސިއްހީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ފަރާޔްތަކެކެވެ. ސަރުކާރުން އެންމެ ބާރަށް ދައްކަމުން ދިޔައީ ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ. ހަމައެއާއި އެކު، ރާއްޖެއިން އަބަދުވެސް އަމަލު ކުރަމުންދާނީ ސިއްހީ މާހިރުންގެ ބަހަށް ކަމަށެވެ. އެހެން ނަމަވެސް ސީދާ އެ މަންޒަރެއް ފެންނަހެން ހީއެއް ނުވެއެވެ.

ބަލީގެ ނުރައްކާތެރިކަން ޑޮކްޓަރުން ތަފްސީލު ކުރައްވަމުން ގެންދެވިއިރު، އެއަށްވުރެ ހަރު އަޑުން މިއީ އާދައިގެ ރޯގާއެއް ކަމާއި، އަތް ދޮވެލައިގެން ތިބުމުން “އޯކޭ” ވާނެކަމަށް ބުނި ސިޔާސީ މީހުން އެބަތިއްބެވެ. ރައްޔިތުންގެ މަޖިލީހުން ފެނުނު މަންޒަރަކީ އެއީ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ޑޮކްޓަރުން ދެއްކެވި ވާހަކަތައް ވެސް ކަމު ނުދިޔައެވެ. އެ ވާހަކަތައް ބޮލާލާ ޖަހާ ރާއްޖެއިން ބަލި ކޮންޓްރޯލް ކުރެވުނީ ކަމަށް ނިންމިއެވެ. ބަލީގެ ބިރަށް އަބަދު ގައުމު ބަންދުގައި ނުބޭއްވޭނެ އެވެ. އެހެން ނަމަވެސް ހިދުމަތްތައް އަލުން ފެށީ ރަނގަޅު ޕްލޭނަކާއި އެކު ތޯ މިހާރު އިތުރު ވަމުންދާ ނަމްބަރު ތަކުން ސުވާލު އުފެދެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: