ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 20 އަދި ނޯޓް 20 އަލްޓްރާ 5ޖީ މޮބައިލް ފޯނަށް ޕްރީ އޯރޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފޯނުގެތައް ދިރާގު މެދުވެރިކޮށް ޕްރީ އޯރޑަރ ކުރާ ފަރާތް ތަކަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން 6 މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަަަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން ނޯޓް 20 ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ހިލޭ “ގެލެކްސީ ބަޑްސް ޕްލަސް” އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރކުރާ ކަސްޓަމަރުންނަށް “ގެލެކްސީ ބަޑްސް ލައިވް” ހިލޭ ލިބިގެންދާނެކަމަށް ވެސް ދިރާގުން މައުލޫމާތުދިނެވެ.
ދިރާގުން ގެލެކްސީ ނޯޓް 20 5ޖީގެ ފޯނުތައް ތަފާތު 2 ކުލައެއްގައި ލިބިގެން ދާނެއެވެ. އެއީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީންއެވެ. ހަމައެއާ އެކު ނޯޓް 20 އަލްޓްރާ 5ޖީ، މިކްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް، މި ދެކުލައިން ލިބިގެންދާނެއެވެ. މި ދެ ފޯނުވެސް ލިބިގެންދާނީ 256ޖީބީގެ ކެޕޭސިޓީއާ އެކުގައިކަން ވެސް ފާހަގަ ކޮށްލެވެެއެވެ.
މި ފޯނު ތަކަކީ އެކުންފުނިން އެންމެ ފަހުން ތަޢާރަފް ކުރި ސެމްސަންގ ފޯނުތަކަށް ވާއިރު، ސެމްސަންގުން ހާމަކުރާ ގޮތުގައި މި ދެފޯނުގައިވެސް 5ޖީ ބޭނުން ކުރެވޭނެކަމަށާއި މި ފޯނު ތަކަކީ ގޭމް ކުޅޭ މީހުންނާއި “ޕަވަރ ޔޫސަރސް”ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވެގެންދާނެކެމަށް ދިރާގުން ބުންޏެވެ. މީގެ ހެއްކަކީ މި ފޯނުތަކުގެ ޑިސްޕްލޭތައް ކަންވެސް ފާހަގަ ކޮށްލެވެއެވެ. ސެމްސަންގް ގެލެކްސީ ނޯޓް20ގެ ސްކްރީން ސައިޒުގައި 6.7 އިންޗް ހުންނައިރު އަލްޓަރާ 20 5ޖީގެ ސްކްރީން ސައިޒަކީ 6.9 އިންޗިއެވެ.