ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ވާދަވެރިކަމުގައި ރައްޔިތުންގެ ޖީބުން ހަރަދުކޮށްގެން ހަދާ ތަންތަން ވީރާނާ ވިޔަދީގެން ނުވާނެ

ވެލި މަގުގައި ގައު އަތުރައި އަލުން ހުޅުވާލާފައި ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަަސައްކަތްތައް ބަލައިނުގަނެ އެކަންކަން ހަލާކުކުރަމުންދާ މަންޒަރަކީ އާ ކަމެއްނޫނެވެ. މިރާއްޖޭގައި މިހާާތަނަށް ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު ވެރިކަމާއި އަލަށް ހަވާލުވާ ސަރުކާރުން ކުރީ ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަސައްކަތްތަކަށް ބަދަލު ގެނައުމާއި، ނޫނީ އެތަންތަނަށް އަޅާލުން ނުދިނުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ އެތަންތަން ވީރާނާވެގެން ދިޔުމަކީ އާ ވާހަކައެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އައިފަހުންވެސް އެފަދަ މަންޒަރުތައް އަންނަނީ ފެންނަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި  ކުރިއަށްގެންދިޔަ އެންމެ މުހިންމު އެއް މަޝްރޫއަކީ ރަސްފަންނު ތަރައްގީކުރުމުގެ މަޝްރޫއެވެ.

އެމަޝްރޫއުގެ ދަށުން އެކި ރެސްޓޯރަންޓްތައް ގާއިމްކުރުމަށް ޕެވިލިިއަންގެ ނަމުގައި ބޮޑު އިމާރާތެއް ގާއިމްކޮށް، ދުވާ މީހުންނަށް ޚާއްސަ ޓްރެކަކާއި، ޖޯލި، ހޮޅުއަށި އަދި އުނދޯލިތައްވެސް ވަނީ ބަހައްޓާފައެވެ. އަދި ކުޑަކުދިން ދުވެ ސަކަރާތްޖަހާ ހެދުމަށް ބޮޑު ތަކުރުފާނު މަގުގެ ވަކި ސަރަހައްދަކަަށް ވެލި އަޅައި ދުއްުވާ ތަކެއްޗަށް ނުވަދެވޭނެ ގޮތަށް އެސަރަހައްދު ވަނީ ތަރައްގީކޮށްފައެވެ. މިކަމުގެ ސަބަބުން، ކުޑަކުދިންގެ އިތުރަށް ހަރު އުމުރުފުރައިގެ މީހުންނާއި ޒުވާނުންގެ މެދުގައިވެސް އެސަރަހައްދު ވަނީ މަގްބޫލް ސަރަހައްދަަށް ވެފައެވެ.

އެހެންނަމަވެސް، މިހާރު ރަސްފަނުންު ކުރިމަތިން ވެލި އަޅާފައި އޮތް މަގުގައި ގައު އަތުރައި އެމަގުގައި ދުއްވާތަކެއްޗަށް ދުއްވޭނެ ގޮތް މިވަނީ އަލުން ހަދާފައެވެ.

މިއީ މާލެ ސިޓީ ކައުންސިލާއި އެޗްއާރްޑީސީ ގުޅިގެން ކުރިއަށްގެންދާ މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މިމަގު އަލުން ހުޅުވާލުމާއެކު މާލޭގެ ޓްރެފިކް މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި މިމަގު ހުޅުވުމާއެކު އެމަގާއި ޖެހިގެން އޮންނަ، ކުރީގެ ޕީޕީއެމް އޮފީސް ހުންނަ މަގުކަމަށްވާ ކަންބާއައިސާރަނި ހިނގުމާއި އެސަރަހައްދުގައިވާ ގޯޅިތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަށް ފަސޭހަވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މިސަރަހައްދު ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން މާލޭގައި ދަތުރުކުރާ ދެވަނަ ބަސް ރޫޓުގެ ބަސް ސްޓޮޕެއް އެސް.ޓީ.އޯ އިމާރާތްކައިރީގައި ގާއިމްކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިސަރަހައްދުގައި މިހާތަނަށް އަދި ޓްރެފިކް ނިޝާންތައްވެސް ހަރުކޮށްފައިނުވާއިރު، މިސަރަހައްދުގެ ޓްރެފިކް ކަންކަން ބެލެހެއްޓުމުގައި ޓްްރެފިކް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މަގު އަލުން ހުޅުވާލުމާއި ގުޅިގެން ޑރ މުއިއްޒު ވިދާޅުވީ އެސަރަހައްދަކީ ތޮއްޖެހިފައިވާ މާލޭގައި އެކި އުމުރުފުރައިގެ މީހުން ހިތްހަމަޖައްސާލައި ހެދުމަށް ތަރައްގީކޮށްފައިވާ ތަނެއް ކަމަށެވެ.

އެގޮތުން އާއިލާތަކުގެ ކުޑަކުދިންނާއި، އިސްރަށްވެހިންނާއި، ރަހްމަތްތެރިން ރައްކާތެރިކަމާއެކު ހިތްހަަމަޖައްސާލުމަށް އެސަރަހައްދު ބޭނުންކުރަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް، އެފަދަ އެންމެހާ ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން އެކަމުގެ ގެއްލުން އެދެވެނީ ރައްޔިތުންނަށް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް، އޭގެ ބަދަލުގައި ވަކި ސަރުކާރަކުން ކަމެއްކޮށްފައި އޮތުމުން، އެކަމަށް އަޅާލުން ނުދީ ވީރާނާވާން ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ކޮންމެ ސަރުކާރަކުން ކަމެއް ކުރިކަމުގައިވިޔަސް އެކަން ބަލައިގަތުމަކީ ގައުމުގެ ތަރައްގީއަށްވެސް މުހިންމު ކަމެއްގެ ގޮތުގައި ގަބޫލުކުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: