ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުޞަތު ތަނަވަސްކުރުމާ ބަހީ: ފަތުރުވެރިކަމާއި ބެހޭ ވަޒީރު

ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.މައުސޫމަށް ރައީސް ޞާލިހު ފަތްކޮޅު އަރުއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު ތަނަވަސްކުރުމަށް މަސައްކަތްކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މައުސޫމު ގޮވާލައްވައިފިއެވެ.

ޑރ.މައުސޫމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް19 ފެތުރެން ދިމާވަނީ މީސްތަކުންގެ ގައިގޯޅިވުމަށް ކަމަށެވެ. އަދި ގައިދުރުކަމަށް އެޅޭ ކޮންމެ ފިޔަވަޅަކުން ކޮވިޑް ފެތުރޭ މިންވަރު ދަށްވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ގެސްޓްހައުސް ހުޅުވުމުގެ ފުރުސަތުތައް ތަނަވަސްކުރަން ޖެހޭ ކަމަށެވެ. އަދި ގެސްޓުންގެ އަދަދު އިތުރުކުރެވެން އޮތީ ފައްސިވާ މިންވަރު ދަށްކުރެވިގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޑރ.މައުސޫމުގެ މި ޓްވީޓަކީ ރައްޖޭގައި ކޯވިޑް19 އަށް ފައްސިވަމުންދާ މިންވަރު އިތުރުވަމުންދާތީވެ، އެކަމުގެ ކަންބޮޑުވުމާއި، ގެސްޓްހައުސްތައް ނުުހުޅުވި ދިގުލައިގެންދާތީވެ އެކަމުގެ ކަންބޮޑުވުމަށް ކުރެއްވި ޓްވީޓެއްކަމަށް ބެލެވެއެވެ.

ރާއްޖޭގައި ކޯވިޑް192ްއަށް ފައްސިވަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި ނިއުނޯމަލް އާއެކު ރިސޯޓްތައް ހުޅުވާލިނަމަވެސް ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް ވަރަށް މަދުކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: