ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެ ދައްކަވަނީ އަލް އަމީރު މުހައްމަދު ނޫރުއްދީނުގެ ވާހަކަ، ސަރުކާރުން އެ ބޭފުޅާ ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭ”

ރައީސް ނަޝީދު އަދި ކޮއްކޮ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަލްއަމީރު މުޙައްމަދު ނޫރައްދީނާއި އެ ބޭފުޅާގެ އަނބިކަބަލުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އުސޫލާއި ޚިލާފަށް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޙަބަރު ފަތުރާފައިވަނިކޮށް އެ ބޭފުޅުންގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

އެގޮތުން އެ ބޭޅުންނަށް ޕްރައިވެޓް ސޫޓެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުންގެންދަނީ އެއީ ޝާހީ އާއިލާގެ ބޭފުޅަކަށް ވީމައި ކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މުޙައްމަދު ނޫރައްދީނަކީ ކުރީގެ ރަސްކަލެއްގެ ދަރިއެއްގެ އިތުރުން މި ސަރުކާރުގެ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ސަބްރާ ނޫރައްދީންގެ ކާފާއެވެ. ކާފައާއި މާމައަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 18ވަނަ ފަންގިފިލާގައި ފަރުވާދޭން ފަށާފައިވަނީ 1 މެއި2020 ފެށިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޑޭ ކެއަރ އުސޫލުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ ޑރ.މޫސަ މުރާދުގެ ބެލުމުގެ ދަށުން އެ ދަމަފރިންނަށް ފަރުވާދެމުންދާއިރުގައި، އައިޖީއެމްއެޗުން 10 ނަރުހުން ވަނީ އެ ދެމަފިރިންނަށް ޚާއްސަކޮށްފައިކަމަށްވެސް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އިތުރު ނަރުހުން ގެނެސްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަންކަމާއި ގުޅިގެން މީޑިއާތަކުގައި މިވާހަކަ ތިލަވުމުން އެމްޑީޕީގެ ވަޓްސް އަޕް ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ ދައްކަވަނީ އަލް އަމީރު މުޙައްމަދު ނޫރައްދީނުގެ ވާހަކަ ކަމަށާއި އެ ބޭފުޅުން ހުރިހާ ބިލްތަކެއް ދައްކަވާނެ ކަން ޔަޤީން ކުރައްވާ ކަމަށެވެ.

“އެމީހުން އެ ދައްކަވަނީ އަލް އަމީރު މުހައްމަދު ނޫރުއްދީނުގެ ވާހަކަ. އެ ބޭފުޅާ ހުރިހާ ބިލްތަކެއްވެސް ދައްކަވާނެކަން އަޅުގަނޑަށް ޔަގީން. ސަރުކާރުން އެބޭފުޅާ ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ. މިކިޔަނީ އަލް އަމީރު މުހައްމަދު ނޫރުއްދީނުގެ ވާހަކަ” ރައީސް ނަޝީދު

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ކޮއްކޮ އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރުވެސް ވަނީ މިމޭރުމުން ޓުވީޓުކޮށްފައެވެ.

ނާޒިމް ވިދާޅުވެފައިވަނީ އެ ބޭފުޅުންނަށް ޚާއްސަކަމެއް ދީފައިވަނީ 1954 އަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނެއްގެ ދަށުން ކަމަށެވެ.

“މުހައްމަދު ނޫރުއްދީނަކީ ދައުލަތުގެ އިއްޒަތްތެރިއެއް. އެއީ ރަސްކަލެއްގެ ދަރިއެއް. 1954 ވަނަ އަހަރު މަޖިލީހުން ވަނީ އެބޭފުޅުންނަށް ހާއްސަ އިނާޔަތްތަށް ދިނުމަށް ޤަވާއިދެއް ފާސްކޮށް” ނާޒިމް

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމަފިރިން އެޑްމިޓްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 18ވަނަ ފަންގިފިލާއަށް އެރެނީ ވަކި ޚާއްސަ ހުއްދައެއް ދޫކޮށްފައިވާ ފަރާތްތަކަށެވެ.

އަދި އެ ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ އުސޫލުން ބޭރުންކަމަށް ޚަބަރުތައް ފެތުރުމުން އައިޖީއެމްއެޗުން ވަނީ އެކަން ދޮގުކޮށްފައެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

Leave a Reply to ޖުލައި މުނީރު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: