ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާބައިދޫ ނެރު ހެދުމުގެ މަސައްކަތް ނިންމާލައިފި

ލ. މާބައިދޫ ނެރު ހެދުމުގެ މަޝްރޫއުގެ ތެރެއިން - ޕޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާބައިދޫ ނެރު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން އިން މައުލޫމާތު ދިން ގޮތުގައި އެ މަޝްރޫއު ނިމިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށާއި އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއަކީ 4.22 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ވާއިރު މި މަޝްރޫއުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދުކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތްވެސް ވަނީ ނިންމާލެވިފާކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ތެރޭގައި 17،503 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: