ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ރަށެއްގެ ސުވިމިންގ ޓްރެކްގެ މަސަކަތް ނިމިއްޖެ

ސުވިމިންގ ޓުރެކް ތައް ގާއިމު ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސ. ފޭދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ އަދި ސ. މީދޫގެ ސުވިމިންގ ޓްރެކް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައި ވާކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ގާއިމު ކުރެވުނު ސުވިމިންގ ޓްރެކު ތަކުގެ ސަބަބުން އެތަކެއް ފަސޭހަ ތަކެއް ފެތުން ތެރިންނަށް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ހަމައެއާއެކު އެހެން އާންމު ރައްޔިތުންނަށްވެސް މި ފެސިލީޓީތައް ބޭނުން ކޮށްގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަސޭހަތަކަކާއި ލުއި ތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

އަންނަ އަހަރު އަދި މިކަހަލަ އިތުރު ޓްރެކް ތަކެއް ގާއިމު ކުރައްވާނެ ކަމަށްވެސް މިނިސްޓަރ މަހުލޫފް ގެ ޓުވީޓުގައި ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: