ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭއާއި ދެކޮޅަށް އެމްޑީޕީގެ އަނަސްވެސް ތެދުވެއްޖެ

އެމްޑީޕީ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރު... ފޮޓޯ:ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގަނޑު 20:00 ފެށިގެން ފަތިހު 05:00 ވެހިކަލް ދުއްވުން މަނާ ކުރިކުރުމާއިގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދެކޮޅަށް، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަނަސް އަބްދުއް ސައްތާރު ނުކުންނަވައިފިއެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްކަންވެސް މީގެކުރިން ކުރެއްވި އަނަސް ވިދާޅުވީ، އެޗްޕީއޭގެ ނިންމުމަކީ މިކޮވިޑް19 ގައި ނިކަމެތިވަމުންދިޔަ ރައްޔިތުންގެ ހާލަތު އިތުރަށް ނިކަމެތިވެ ހީނަރުވަމުންދިޔަ ވިޔަފާރިތައް އިތުރަށް ހީނަރުވެގެންދާނެ ނިންމުމެއްކަމަށް ދެކޭކަމަށެވެ. މިކަން ހާމަކުރައްވާފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

މިކަންކަމަށް ރިއާޔަތްކޮށް އެޗްޕީއޭގެ ނިންމުން އަލުން މުރާޖާކުރުމަށްވެސް އަނަސްވަނީ ގޮވާލައްވާފައެވެ.

އަނަސްގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިނިންމުންތަކަކީ އެއްވެސް ހަރުދަނާކަމެއްނެތް އިތުރު ތަކުލީފުތަކެއްގެގޮތުގައި ރައްޔިތުން އަންނަނީ ސިފަކުރަމުންނެވެ.

ރޭގަނޑު 20:00 ފެށިގެން ފަތިހު 05:00 ވެހިކަލް ދުއްވުން މަނާ ކުރީ އެންމެ ބޮޑަށް ބަލިފެތުރޭ ކަމަށް ބެލެވިފައިވާ ޒުވާނުންގެ އިޖްތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުވުމަކަށް ގެނައުމަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: