ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19: ދުވާފަރުން މީހަކު ފައްސިވެއްޖެ

ދުވާފަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.އަތޮޅު ދުވާފަރުން މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް19 އަށް ފައްސިވެފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އެ ރަށު ސިއްޙީ މަރުކަޒުގެ ރަސްމީ ވައިބަރ ގުރޫޕުގައި  މެދުވެރިކޮށް އާއްމުކޮށްފައިވާ ގޮތުގައި  ފައްސިވެފައިވަނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު އެ ރަށަށް ހޯމް ކަރަންޓީނަށް އައިސް ހުރި މީހެކެވެ. އެމީހާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 21ވަނަ ދުވަހުގައި ކަމަށްވެސް އެ މަރުކަޒުން ވަނީ މައުލޫމާތުދެއްވާފައެވެ.

އެޗްޕީއޭއިން މިކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.

މީގެ ކުރިންވެސް ދުވާފަރުން ވަނީ ތިން މީހަކު މި ބައްޔަށް ފައްސިވެފައެވެ. އަދި އެކަމާއި ގުޅިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް މީގެކުރިން ލާފައިވެއެވެ.

ރާއްޖޭގެ އެކި ރަށްތަކަށް ހޯމް ކަރަންޓީނަށް ގޮސްފައިވާ ބައެއް ފަރާތްތައް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: