ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލަރޫސްއިން 50އަށް ވުރެ ގިނަ ނޫސް ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބެލަރޫސްގައި ބާއްވާ މުޒާހަރާތަކާ ބެހޭ ގޮތުން ރިޕޯޓު ކުރާ 50އަށް ވުރެ ގިނަ ނޫހެއްގެ ވެބްސައިޓަށް ނުވަދެވޭ ގޮތް އެގައުމުން ހަދައިފި އެވެ.­

ބެލަރޫސްގެ އެސޯސިއޭޝަން އޮފް ޖާނަލިސްޓްސް އިން އިއްޔެ ބުނި ގޮތުގައި އެގައުމުގައި ބްލޮކްކޮށްފައިވާ ވެބްސައިޓުތަކުގެ ތެރޭގައި އެމެރިކާއިން ފަންޑު ކުރާ ރޭޑިއޯ ލިބަޓީ އެންޑް ބެލްސަޓް އާއި ޕޮލެންޑުން ފަންޑު ކުރާ ސެޓެލައިޓު ޓީވީ ޗެނަލް ހިމެނެ އެވެ. އަދި އެގައުމުގެ ދައުލަތުގެ ޕަބްލިޝިން ކުންފުނިން ވަނީ ދެ މިނިވަން ނޫހެއް ޗާޕު ކުރުން ހުއްޓާލާފަ އެވެ. އެކުންފުނިން ބުނި ގޮތުގައި ދެ ނޫސް ހުއްޓާލީ ޗާޕު ކުރަން ބޭނުން ކުރާ ސާމާނުގައި މައްސަލަ ޖެހިގެންނެވެ.

ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށީ މިމަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިހާބު އެގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ކާމިޔާބު ކުރެއްވި ފަހުންނެވެ. އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ލުކަޝެންކޯގެ 26 އަހަރުވީ ވެރިކަން ނިންމާލުމަށް ގޮވާލަމުންނެވެ.

އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑު ބޭނުންކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: