ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ ހުކުރު ދުވަހު މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދު ތަކުގައި އިހުތިޖާޖެއް

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދެއްގައި އަންނަ ހުކުރު ދުވަހު އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށް ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ހާމަކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މި އިހުތިޖާޖަކީ ރައްޔިތުންގެ ހަރުމުދާ ވިއްކައިގެން ލޯނު ނަގަމުން ގޮސް ރައްޔިތުން ދަރުވާލަމުން ދާތީ އެކަމާ ދެކޮޅަށް ބާއްވާ އިހުތިޖާޖެއް ކަމަށެވެ. މި އިހުތިޖާޖު ތަކަކީ ސުލްހަވެރިކަމާއި އެކީ ކުރިއަށް ގެންދާނެ މުޒާހަރާތަކެއް ކަމަށްވެސް ޝުޖާއު މައުލޫމާތު ދިނެވެ.

މި މުޒާހަރާތަކުގެ ބޭނުމަކީ މިއަދު މަސްވެރިންނަށް އެމީހުން ކުރާ މަސައްކަތުގެ އުޖޫރަ ނުލިބޭތީ އެކަމާ ދެކޮޅަށް އަޑު އުފުލުމެވެ. އަދި މިއަދު މިއޮތް ހާލަތާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތް ތަކަށް އެމީހުންގެ ހައްޤު ހޯދައިދިނުން ކަމުގައިވެސް ވަނީ މި ޕްރެސް ކޮންފަރެންސްގައި ފާހަގަ ކޮށްފައެވެ. މި މުޒާހަރާ ތަކަކީ ރައްޔިތުންނަށް ޓަކައި ހައްގު ބަސް ބުނުމަށް އަދި ރައްޔިތުން އެމީހުންގެ ޝުއޫރު ފާޅު ކުރުމަށް ބޭއްވޭ މުޒާހަރާ ތަކެއް ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާ ގޮތަށް ސަރުކާރުން އަމަލު ކުރަމުންދާއިރު، ރާއްޖޭގެ އިގްތިސާދު މެނޭޖް ކުރުމުގައި ވެސް ސަރުކާރު ފެއިލް ވެފައިވާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ. މިއީ ސިލްސިލާކޮށް ކުރިއަށް ގެންދަން ވިސްނާ މުޒާހަރާއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކުގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން މައުލޫމާތު ދިނެވެ

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ކުރިއަށްދާ މުޒާހަރާއެއް ކަމަށް ވާތީ، މާލެ ސަރަހައްދުގައި ތިބި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނަށް މި މުޒާހަރާއަށް ނުކުމެވެން ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

“ރާއްޖެ ވިއްކާލުމާ ދެކޮޅަށް” އިދިކޮޅު ކޯލިޝަނުން ބާއްވާ މުޒާހަރާ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ. މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ކޯލިޝަނުން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: