ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޕަރޭޝަނަލް ކެޕޭސިޓީއެއް ނެތް: ޑރ. ޝީނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ފެތުރެމުން އަންނަ މިންވަރާ ބަލާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި އޮޕަރޭޝަނަލް ކެޕޭސިޓީ ނެތް ކަމަށް، ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝީނާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އެންމެ ފުރަތަމަ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އެކުލަވާލައި، ކަމާ ގުޅުންހުރި ހުރިހާ ސެކްޓާއެއް އެކުގައި މަސައްކަތް ކުރި އިރު، ރަނގަޅު ރެސްޕޯންސް އެއް ފެނިގެން ދިޔަ ކަމަށާއި، އެހެން ނަމަވެސް އެންއީއޯސީ އުވާލައި، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރަކަށް ބަދަލުކުރުމާ ގުޅިގެން، ކުރިން ދިން ވަރުގެ ރެސްޕޯންސެއް ދިނުމުގައި ދަތިތައް ހުންނާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ޓެކްނިކަލް ގައިޑެންސް ރަނގަޅު. ގައިޑްލައިންތައް ވެސް ހަމަ އޮން ޕާ. ޓެކްނިކަލީ ގައިޑްލައިންސް އާ އެއްޗެހި ރަނަގޅު. އެކަމަކު އޮޕަރޭޝަނަލް ކެޕޭސިޓީ އެޗްޕީއޭ އެކަނި، ބަލައިފިިއްޔާ ނެތް. ޕެންޑެމިކް އެއްގައި ރެސްޕޯންޑް ކުރަން ބޭނުންވޭ ވަރަށް ގިނަ އެޖެންސީތަކުގެ ސަޕޯޓު،” ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ލޮކްޑައުނަށް ލުއި ދިނުމާ ހަމައަށް، އެންއީއޯސީގައި ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވެސް މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެހެން ނަމަވެސް، އޮފީސްތަކާއި، ސްކޫލު އަދި ކޮލެޖުތައް ހުޅުވުމާ ގުޅިގެން، ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވެސް މަދުވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އެހެން ސެކްޓާތަކުގެ މަސައްކަތް ވެސް އަލުން ފެށުމާ ގުޅިގެން، އެ އިދާރާތަކުން ލިބެމުން ދިޔަ އެހީތެރިކަން ވެސް ކުޑަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެހެން އެޖެންސީތަކުގެ ސަޕޯޓާއެކު ވެސް، މިހާރު އަންނަ ކޭސް ލޯޑު ހޭންޑަލް ކުރަން ހުރި އޮޕަރޭޝަނަލް ކެޕޭސިޓީ ކުޑަކަމަށް ޑރ. ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: