ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 119 މީހަކު ފައްސިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް އިތުރު 119 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީއިން ބުނީ މިއަދު އެކަނި 119 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހީންނާއި 19 ބިދޭސީއަކު ކަމަށް އެޗްއީއޯސީއިން ބުންޏެވެ.

މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 6779 އަށް އަރާފައެވެ. މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން އެބަތިއްބެވެ.

ކޮވިޑް-19 އަށް ފައްސިވެފައި މިވަގުތު 2531 މީހުން އެބަތިއްބެވެ. އެއީ 1968 ދިވެހިންނާއި، 563 ބިދޭސީންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 109 މީހުންވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4222 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: