ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލާގައި އަމީން މަޖިލީހަށް

ހެލްތް މިނިސްޓާރ އަމީން --- ފޮޓޯ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިދިޔަ އަންގާރަ ދުވަހު މިނިސްޓަރު އަމީނަށް ފޮނުވި ސިޓީއެއްގައިވަނީ، އޮޑިޓް ރިޕޯޓްގައިވާ ކަންކަމާ ގުޅޭ ގޮތުން އަމީންއާ މަޝްވަރާ ކުރުމަށް މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ. އެ ކަމުގައި މަޝްވަރާ ކުރާ ކޮމިޓީ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11:00 ގައި ކަމަށާއި އެ ކޮމިޓީއަށް ހާޒިރުވާން އެދޭ ކަމަށް ސިޓީގައިވެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް އޮޅުވާލާފައި ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

އެ އޮޑިޓް ރިޕޯޓުން ފެންމަތި ކުރި މައްސަލަތައް ބަލަން މީގެ ކުރިން މާލިއްޔަތު ކޮމިޓީއިން ވަނީ ނިންމައިފައެވެ.

ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ފުލުހުންގެ ގުޅިގެން ތަހުގީގެއް ހިންގުމަށް އެދިފައެވެ.

ތަހުގީގު ނިމެންދެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހުރިހާ މެމްބަރުނާއި މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި މިނިސްޓަރު އަމީން ވަނީ ތަހުގީގު ނިމެންދެން އަމިއްލަފުޅަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: