ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮމަދޫން ތިން ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ތ.އޮމަދޫން ތިން ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އޮމަދޫން ކޮވިޑަށް ފައްސިވީ ދެ އަހަރުގެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ތިން ކުދިން ވެސް ފައްސިވީ މާލެ އިން ރަށަށް ގޮސް ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ހެދި ޓެސްޓުން ކަމަށް ވެސް އެޗްއީއޯސީން ބުނެފައިވެއެވެ.

ޖުމްލަ ހަތަރު ރަށަކުން ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަން މިއަދު ހެނދުނު އެޗްއޯސީން ވަނީ މީޑިއާތަކަށް އަންގާފައެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން ފައްސިވިކަން އިއްޔެ އާއި ރޭ މީޑިއާތަކުން ރިޕޯޓް ކޮށްްފައިވާކަން ފާހަގަ ކުރެވެއެވެ

އެޗްއޯސީން މިއަދު އިއުލާން ކުރި ފައްސި، ވޭދަނަތައް

ރ.ދުވާފަރު 3 އަހަރުގެ ފިރިހެން ކުއްޖެއް
ރ.ދުވާފަރު 55 އަހަރުގެ އަންހެނެއް
ރ.ކިނޮޅަސް 53 އަހަރުގެ ފިރިހެނެއް (ފިލިޕިންސް)
ކ.ހިންމަފުށި 32 އަހަރުގެ ފިރިހެނެއް
ކ.ހިންމަފުށި 33 އަހަރުގެ ފިރިހެނެއް
ތ.އޮމަދޫ 2 އހަރުގެ ފިރިހެން ކުއްޖެއް
ތ.އޮމަދޫ 11 އަހަރުގެ ފިރިހެން ކުއްޖެއް
ތ.އޮމަދޫ 4 އަހަރުގެ އަންހެން ކުއްޖެއް
ލ.ގަން 8 އަހަރުގެ ފިރިހެން ކުއްޖެއް
ސ.ހިތަދޫ 24 އަހަރުގެ ފިރިހެނެއް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: