ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ބިންތައް ޖަމިއްޔާތަކަށް ދީގެން ތަރައްގީ ކުރަން ލަފާއަކަށް އެދެފި

ޔޫތް މިނިސްޓަރ މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އަމިއްލަ ކްލަބް ޖަމިއްޔާތަކާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ދީގެން ތަރައްގީ ކުރުމަށް އިގްތިސާދީ ކައުންސިލްގެ ލަފައަކަށް އެދިފައިވާ ކަމަށް ޔޫތް މިނިސްޓަރު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކްލަބް ޖަމިއްޔާތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ މަހުލޫފް ހާޒިރު ކުރައްވާ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަހުލޫފް ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ބިންތައް ޖަމިއްޔާ ތަކަށް ދީފައި ވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އަދި އެގޮތައް ކަން ކޮށްފައި ނުވާ ކަމަށެވެ. މިކަމާ ގުޅިގެން މިހާރު އެކޮނޮމިކް ކައުންސިލްގެ ލަފަޔަކަށް އެދިފައިވާ ކަމަށް މަހުލޫފް ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވަރަށް ގިނަ ބިންތައް އެބަހުރި ކަމަށާއި، މިނިސްޓްރީގެ އަމާޒަކީ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ޖަމިއްޔާތަކަށް މި ތަންތަން ދީގެން ތަރައްގީ ކުރުން ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފްގެ ވާހަކާގައި، މީގެ ކުރިން ރައީސް މައުމޫނުގެ ވެރިކަމުގައި ސަރުކާރުން އެ ބިންތައް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވި ކަމަށާއި މިއަދު 20-25 އަހަރު ވީ އިރުވެސް އެތަންތަން ތަރައްގީވެފައި ނެތް ކަމަށެވެ. އެހެން ކަމުން އަމިއްލަ ފަރާތްތަކަށް އެކަން ކުރުމަށް ފުރުސަތު ދިނުމަކީ، އެންމެ ރަނގަޅު ގޮތް ކަމަށް ގަބުލޫ ކުރެވޭ ކަމަށާއި އެއީ ކުޅިވަރަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

މިހާރު ދޫކޮށްފައިވާ ބައެއް ބިންތަކުގެ ތަފްސީލު ދެއްވަމުން މަހްލޫފު ވިދާޅުވީ 2016 ވަނަ އަހަރު އެފްއޭއެމަށްވެސް 50 އަހަރަށް ވިލިމާލެގެ ފުޓްބޯޅަ ދަނޑާއި ސްޓޭޑިއަމް ހިއްކި ބިން ދީފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: