ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވަކީލުންނާއި ބައްދަލުވާނެ ގޮތް ހަމަޖެއްސުމަށް މިނިސްޓަރު އިމްރާނަށް މަޖިލީހުގެ ރައީސް އަންގަވައިފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާ ބައްދަލު ކުރެވޭނެ ގޮތް ހަމަ ޖައްސަވައި ދެއްވުމަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަންގަވައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓަރު އިމްރާނަށް، މަޖިލީހުގެ ރައީސް އެންގެވި ދުވަހެއް ސާފެއް ނުވެއެވެ. ނަމަވެސް އެކަން “ސަންގަށް” ކަށަވަރުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ޖަވާބުގައި މަޖިލީހުގެ ރައީސް ސިޓީއެއް ފޮނުއްވާފައިވާތީއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ނުދޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުން ކޮމިޓީން ބަލައިދިނުމަށް ސައީދު ހުށަހެޅުއްވިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސައީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ހޯމް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭ މައްސަލައިގައި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިނިސްޓަރު އިމްރާނަށް ސުވާލު ކުރެއްވުމުން އެކަމަށް ޖަވާބެއް ނުދެއްވި ކަމަށެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަތީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މައްސަލައާ ގުޅޭގޮތުންނެވެ.

މަޖިލީހުގެ ރައީސަށް ސައީދު ފޮނުއްވި ސިޓީގެ ޖަވާބުގައި ވިދާޅުވެފައިވަނީ “ޢިއްޒަތްތެރި މެންބަރުގެ ސިޓީގައި އެދިވަޑައިގެންފައިވާ ފަދައިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް ހޯމް މިނިސްޓަރަށް އަންގަވައިފިން” ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތައް އިމްރާން ދޮގުކުރައްވަ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް އުފުލުމުން އެ މައްސަލަތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފައެވެ.

ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލު ނުކުރެއްވޭ ކަމަށް ދައުލަތާއި ދިފާއީ ވަކީލުން ވެސް ބުނެފައިވާތީ އެ ފުރުސަތު ދިނުމަށް ޝަރީއަތްވަނީ ފަސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: