ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތް މިނިސްޓަރ މަހުލޫފްގެ ފާޑު ކިޔުންތައް މީޑިއާ ތަކަށް

ޔޫތް މިނިސްޓަރ، އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓްރީގެ ބައެއް ޚަބަރުތައް މީޑިއާ ތަކުން ގެނެސް ނުދޭތީ، ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް މީޑިއާ ތަކަށް ފާޑު ވިދާޅުވެއްޖެއެވެ.

މަހްލޫފު މީޑިއާތަކަށް ފާޑު ވިދާޅުވެފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، ޒުވާނުންގެ ކުރިއެރުމަށް މިނިސްޓްރީން ވަރަށް ގިނަ ކަންކަން ކުރައްވަމުން ދާ ކަމަށާއި ނަމަވެސް އެ ޚަބަރުތައް މީޑިއާ ތަކުން ގެނެސް ނުދޭ ކަމަށެވެ.

” ކޮވިޑާ ގުޅިގެންވެސް މިދިޔަ ލޮކްޑައުން ތެރޭވެސް، މިހާރުވެސް ހުއްޓާނުލާ އެކި ރަށްރަށުގައި އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ހިންގޭ. ނަމަވެސް ހަގީގަތުގައި މިޑިއާތަކުގައި މިކަންކަން ކަވާ ނުކުރާތީވެ، ރައްޔިތުންނަށް މިކަން ސާފު ނުވަނީހެން ” މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، ފުޓްބޯޅަ ދަނޑެއް ނިމުމުން އެ ހަބަރު މީޑިއާތަކުން ގެނެސްދޭ ގޮތަަކަށް، މިނިސްޓްރީއިން ޒުވާނުންނާ ގުޅޭ އެހެން ހަރަކާތްތައްވެސް މިޑީއާތަކުން ގެނެސްދިނުމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް އެކަންކަމަށް މިޑިއާތަކުން ސަމާލުކަން ނުދޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިއަހަރަށްވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އެކި ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ކަމާ ގުޅުން ހުރި މިނިސްޓްރީތަކާ ގުޅިގެން އެކަންކަން ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މަހްލޫފު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: