ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮަލަރުގެ އަގު ވިހި ރުފިޔާގައި ހުރީ ސަރުކާރުގެ ވިސްނުން ތޫނުކަމުން: ދޮންބިލެތް އާދަމް

ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރުގެ އަގު ވިހި ރުފިޔާގައި ހުރީ ސަރުކާރުން ގެންގުޅުއްވާ ރަނގަޅު ސިޔާސަތުތަކުގެ ސަބަބުންކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް ދޯދިޔާކަމަށާއި އެކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއްވަމުންދާކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރެއްވުމަށް ހުލުވާލި ފުރުސަތުގައި މެމްބަރުން ވަނީ ޑޮލަރުގެ އަދު މަތިވަމުންދާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްސަކޮށް އިދިކޮޅު މެމްބަރުން ވަނީ މިކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށް ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ.

ބަހުސްގެ ވަގުތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް ކުއްލި މައްސަލަތައް ނަންގަވައި ވިދާޅުވީ، މިފަދަ ހާލަތެއްގައި ޑޮލަރުގެ އަގު ވިހި ރުފިޔާގައި ހިފެހެއްޓިފައިވަނީ ސަރުކާރުން ގެންގުޅުއްވާ ރަނގަޅު ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ، މިހާލަތުގައި ޑޮލަރުގެ އަގު 25 ރުފިޔާއަށް އަރައިގެން ގޮސްފައި ނުވުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ވިސްނުން ތޫނުކަމުގެ ހެއްކެއް ކަމަށެވެ.

މެމްބަރު އާދަމް ހަލީމް ވިދާޅުވީ ޑޮލަރުގެ އަގު މިހާ މައްޗަށް އުފުލެން ޖެހުނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަންކުރި ގޮތުގެ ސަބަބުން ކަަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނެގި 60 ބިލިއަން ރުފިޔާގެ ލޯނުވެސް އަނބުރަ ދައްކަން ޖެހެނީ ޑޮލަރުން ކަމަށް ވިދާޅުވިއެވެ. މިފަދަ ހާލަތެއްގައި ގައުމުން ޑޮލަރު ބޭރުވާން ޖެހުމަކީވެސް އިގްތިސާދީ ހާލަތު އިތުރަށް ދަށަށްދާ ސަބަބެއްކަމަށް އާދަމް ހަލީމް ވިދާޅުވިއެވެ.

އާދްމް ހަލީމްގެ މިވާހަކަތަކަށް ރައްދު ދެއްވައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުން ވަނީ 30 އަހަރުގެ ތެރޭ ނެގި ލޯންތަކާއި ނުބައްދަލު ބޮޑެތި އަދަދުތަކުން ލޯން ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.އަދި މިސަރުކާރު އައިފަހުން ބިލުތަކުގެ އަގުތައް ބޮޑެތިވަމުންދާ ކަމަށާއި އެވާހަކަނުދައްކަވަނީ ކީއްވެތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިިމް ފަޒުލް ރަޝީދު ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެދެއްވަނީ ޑޮލަރުގެ އަގު 25 ރުފިޔާއަށް އަރިގެން ގޮސްފާނެ ކަމުގެ އިޝާރާތެއް ކަމަށެވެ.

އެހިސާބުން ކާބޯތަކެތީގެ 60 އިންސައްތަ މައްޗަށް ޖެހޭނެ. މިހާރުވެސް ބާޒާރުމަތިން ނޫޑްލްސް ޕެކެޓެއް ލިބެނީ 12 ރުފިޔާއަށް

ސަރުކާރަަށް ނިސްބަތްވާ މެމްބަރުން ވަނީ އިދކޮޅު ކޯލިޝަނުން ބާއްވަމުންދާ އެއްވުންތަކަަށް ވަރަށް ބޮޑު ފާޑުވިދާޅުވެފައެވެ. އެގޮތުން، ލޮކްޑައުންއަކަށް ދިޔުމަކީ އިގްތިސާދީ ހާލަތު އަނެއްކާވެސް ވަރަަށް ބޮޑަށް ދަށްވާނެ ކަމެއް ކަމަށާއި އެހެންނަމަވެސް، އެއްވުންތައް ބާއްވައި މުޒާހަރާކުރާނަމަ ކޭސްތަކުގެ އަދަދުތައް ގިނަވަމުންދާނެ ކަމަށެވެ. އެހެންކަމުން، އިގްތިސާދަށް އަންނަ ލޮޅުންތަކުގެ ޒިންމާ އިދިކޮޅު ކޯލިޝަނުންވެސް ނަގަންޖެހޭނެ ކަމަށެވެ.

ރައްދުގައި އިދިކޮޅު މެމްބަރުން ވިދާޅުވީ، ކޮވިޑް ފެތުރޭ މިންބަރު އިތުރުވީ އެއްވުންތައް ބާއްވައިގެން ނޫންކަމަށާއި ފްލައިޓުތައް އޮޕަރޭޓްކުރަން ފެށުމުން ކަމަށެވެ. އެހެންކަމުން، ކޮވިޑް ފެތުރި އިގްތިސާދު ފުނޑުމުގެ ޒިންމާ އިދިކޮޅުން ނަގަން ނުޖެހޭނެ ކަމަށާއި އެހެންނަމަވެސް، ކަންކަން މެނޭޖް ކުރަން ނޭންގުމުގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ ސަރުކާރު ހިންގާ ޕާޓީއިން ނަގަންޖެހޭނެ ކަމަށް އިދކޮޅު ކޯލިޝަނުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: