ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހަށްގޮސް އުޅެނިކޮށް ކުއްލި ގޮތަކަށް މަރުވި މީހާ ކޮވިޑަށް ފައްސި، ގުރައިދޫ މޮނިޓަރިންއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ބިލެއްދޫ ދޯންޏަކުން މަހަށް ގޮސް އުޅުނިކޮށް ކުއްލި ގޮތަކަށް މަރުވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް އޭނާ ގެންދިޔަ ކ. ގުރައިދޫ ކައުންސިލުން ބުނެފި އެވެ.

ނޭވާލާން އުދަނގޫ ވެގެން ފަރުވާއަށް އޭނާ ގުރައިދޫއަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފަ އެވެ. އަދި އޭނާގެ މަރު ކަށަވަރުކުރީ ގުރައިދޫ ސިއްހީ މަރުކަޒުންނެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެކަމާ ގުޅިގެން މިހާރު ރަށަށް އަރައި ފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގުރައިދޫ ކައުންސިލުން މައުލޫމާތު ދިނެވެ. އޭގެ އިތުރުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިޖްތިމާއީ ގައިދުރުކަމަށާއި މާސްކު އެޅުމަށާއި ކޮންމެހެން ނުކުންނަ ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ކައުންސިލާއި ރަށު ޓާސްކު ފޯހުން ރަށު ރައްޔިތުންނަށް އިލްތިމާސް ކުރަމުން އަންނަ ކަމަށް ގުރައިދޫ ކައުންސިލުން ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މަރުވެފައިވަނީ ގުރައިދޫގެ ދެކުނުން ފާނަ މަސްވެރިކަން ކުރަން އުޅުނު ބިލެއްދޫ “ރާސްތާ” ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: