ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބައެއް ގޮނޑިތަކަށް ފިރިހެނުން ކުރިމަތި ލުމުން “މަހުރޫމް ވީ” މައްސަލައިގެ އަޑުއެހުމެއް މަދަމާ!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުނަށް ހާއްސަކުރުމަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 10:00 ގައެވެ.

ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރާއިރު، އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާ އަދި ފުވައްމުލަކުގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރެ އެވެ.ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭނެއެވެ. މި އިސްލާހު ބާތިލު ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މޫސާ އަންވަރުއެވެ. އޭނާ އެ މައްސަލަ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅާ މޫސާ އަންވަރު ބުނެފައިވަނީ އޭނާ ނިސްބަތްވާ އައްޑޫ ހިތަދޫ ތިން ދާއިރާއަށް ފިރިހެނުންނަށް ވާދަ ނުކުރެވޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޭރުމަތީ ދާއިރާއަށް އަންހެން ގޮނޑިއެއް ދިނުމަށް ގުރުއަތުން ނިންމާފައިވަނީ އުފެދުމުގައި ވެސް ބާތިލު ގާނޫނެއްގެ މައްޗަށް ކަމަށެވެ.

މޫސަ ވަނީ، މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރަކީ އަންހެނެއްކަން ފާހަގަކުރައްވާ އޭނާ އެ މަގާމަށް އައީ ވެސް ފިރިހެނުންނާއި ވާދަކުކޮށްކަން ފާހަގަކުރައްވާފައެވެ. އެއީ ހިތަދޫ މެދު ދާއިރާގެ ކައުންސިލް މެމްބަރު ޖަމްޝީދާ މުހައްމަދެވެ. މައްސަލައިގައި މޫސަ ބުނެފައިވަނީ އަސާސީ ހައްގެއް ކަމުގައިވާ މިނިވަންކަމާއިއެކު މަންދޫބުން އިހްތިޔާރު ކުރުމާއި އިންތިހާބުގެ ވާދަވެރި ކުރުމުގެ ހައްގު މުތުލަގަކޮށް، ގުރުއަތަކުން ފޭރި ގަތުމަކީ ގާނޫނީ ޖޯކެއް ކަމަށެވެ.

މޫސާ އަންވަރު އަކީ މީގެ ކުރިން ވެސް ދުސްތޫރީ ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅާ، އެ މައްސަލަތައް ކާމިބާބުވެސް ކޮށްފައިވާ ފަރާތެކެވެ. އެގޮތުން 2010 ވަނަ އަހަރުގައި ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ ވުޖޫދުވެގެން އައިއިރު ކައުންސިލްތަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދު ކެނޑިޑޭޓުންނަށް އިންތިހާބުގައި ވޯޓުލާނަމަ، އެ ވޯޓެއް ބާތިލުވާގޮތަށް ގާނޫނުގައި އޮތް އޮތުން ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ އޭނާ ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: