ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓްރީގެ ކޮވިޑް އޮޑިޓު: ހަރަދުތައް ކުރީ މާލިއްޔަތު ގާނޫނައި، އުސޫލާއި އެއްގޮތަށް!

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ތެރޭގައި މިނިސްޓްރީއަށް ހަރަދު ކުރުމަށް ދީފައިވާ ބަޖެޓުގެ ތެރެއިން، ފޮރިން މިނިސްޓްރީން އަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

އޮޅުވާލުންތަކާއި، ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް އެކުލެވޭ ރިޕޯޓުތަކަށްފަހު، ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓު އާއްމުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ކޮވިޑު19 ގެ ހާލަތުގެ ތެރެއިން ފޮރިން މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕަލަނަސް ރިޕޯޓު އާއްމުކުރިއިރު، މިނިސްޓްރީގެ އޮޑިޓުގައިވާ ގޮތުން ހުރިހާ މަސައްކަތްތަކަކައި މަސްއޫލިއްޔަތެއް އަދާކޮށްފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންނެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮވިޑްއާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.

އޮޑިޓުގައި ވާގޮތުން ފޮރިން މިނިސްޓްރީއިން ހަރަދުތައް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ކޮވިޑު އާ ގުޅިގެން ފިނޭންސްއިން ނެރެފައިވާ ސާކިއުލާތަކާއި އުސޫލްތަކާއި އެއްގޮތަށެވެ.

ޖެނުއަރީ މަހުން ފެށިގެން، ޖޫން މަހުގެ ނިޔަލަށް ފޮރިން މިނިސްޓްރީން ކުރި ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓުގައި ބުނެފައިވަނީ އޮޑިޓް ކުރިޔަށް ގެންދިއުމުގައި، މިނިސްޓްރީ އާއި ދައުލަތުގެ އެހެނިހެން ބައެއް މުއައްސަސާތަކުން އޮޑިޓަށް ފޯރުކޮށްދިން ލިޔެކިއުންތައް ބަލައި ދިރާސާ ކުރި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން 1 ޖަނަވަރީ 2020 އިން 30 ޖޫން 2020 ގެ ނިޔަލަށް ކުރި ޚަރަދު ކަމަށް “ކޮވިޑް -19 އާ ގުޅިގެން ޚަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާން” ގައި ހިމަނާފައިވާ ޚަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އަދި ޚަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް މި އޮފީހުން ދެކެމެވެ. އޮޑިޓް ރިޕޯޓު

އޮޑިޓުގައި ބުނެފައިވާ ގޮތުން ފޮރިން މިނިސްޓްރީއިން ކޮވިޑް އާ ގުޅިގެން ކޮށްފައިވާ ހަރަދުތައް އެކުލެވިގެންވަނީ މައިގަނޑު 3 ބަޔަކަށެވެ. އެއީ:

  •  .ކޮވިޑް-19 އާ ގުޅި ގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހީންނަށް ދެވުނު ފައިސާގެ އެހީ
  • ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ދާއި ރާއިން ތަޢުލީމު ހާސިލްކުރަމުން ދިޔަ ދިވެހީންނާއި އިތުރު ބައެއް ދިވެހި ރައްޔިތުން އަނބުރާ ރާއްޖެ ގެނައުމަށް ހިނގި ޓިކެޓް ޚަރަދު
  •  ކޮވިޑް-19 އާ ގުޅިގެން ކުރެވުނު އެހެނިހެން ޚަރަދު

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރު ގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީއިން 2 އުސޫލެއް އެކުލަވާލިއެވެ. އެގޮތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބަލަހައްޓާ ޒަކާތުފަންޑު މެދު ވެރިކޮށް، ރާއްޖެއިން ބޭރު ގައުމުތަކުގައި ރާ އްޖެ ނާދެވި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 31 މާޗު ގައި އުސޫލެއް އެކުލަވާލާފައިވެއެވެ. މި އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 10 އޭޕްރީލްގެ ނިޔަަލަށް ކަމަށް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން އޮޑިޓުގައި ބުނެފައިވަނީ އަދި، ރާއްޖެއިން ބޭރު ގައުމުތަކަށް އެކިއެކި ޒަރޫރީ ބޭނުންތަކަށް ގޮސްތިބި މީހުންގެ ތެރެއިން ކޮވިޑް އާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމާއި ގުޅިގެން ރާއްޖެ ނާދެވި ހާލުގައި ޖެހިފައި ތިބި ދިވެހިންނާއި، އެކިއެކި ސަބަބުތަކާއި ހެދި ދި ގުމުއްދަތަށް ރާއްޖޭން ބޭރުގައި ބޭސްފަރުވާއަށް އަމިއްލަ ހަރަދުގަ ގޮސްފައި ތިބި ދިވެހީންގެ ތެރެއިން ފައިސާގެ އެހީތެރިކަން ބޭނުންވާ މީހުންނާއި، ރާއްޖެއިން ބޭރުގައި އެކިއެކި ޒަރޫރީ ބޭނުމަށް ދިރިއުޅޭ ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ފައިސާގެ އެހީތެރިކަމަށް އެދެމުން ދިއުމުގެ ސަބަބުން، އެފަރާތްތަކަށް
ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެގޮތުން 30 ޖޫންގެ ނިޔަލަށް ކޮވިޑް އާ ގުޅިގެން މިނިސްޓްރީއިން 467,266,7 ،(ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ހަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތެއް( ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ކޮވިޑުގެ ހަރަދުތަކާއި ގުޅޭގޮތުން ކުރި ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭހެން މި ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ އޮޑިޓުތައް ވަނީ އާއްމުކޮށްފައެވެ. އެ އޮޑިޓުތައް ދައްކާ ގޮތުން، ދެ މިނިސްޓްރީން ވެސް ވަނީ މަސައްކަތް ކުރުމުގައި އޮޅުވާލުންތަކެއް އޮޅުވާލާ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އަމަލުތަކެއް ކޮށްފައެވެ.

ބޮޑެތި ހަރަދުތަކެއްކޮށް، ރާއްޖެއަށް ގެންނަން ބުނި މެޑިކަލް ސާމާނުތައް ވެސް ލިބިފައި ނުވާއިރު އެންމެ ބޮޑު މައްސަލައެއް ފެންމަތިވެފައިވަނީ ވެންޓިކޭޓަރުތައް ހަވާލު ކުރުމާއި މެދުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: