ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްލަހަތު ފުށުއަރާ ކަމަކަށް ވާތީ ޔައުގޫބު ކޮމެޓީގައި ބައިވެރި ނުވާން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި އެ މިނިސްޓްރީގެ ކޮމްޕްޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާތީ މާލިއްޔަތު ކޮމެޓީން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑު ކޮމެޓީއާ އެކުގައި ކުރިޔަށް ގެންދާ ބައްދަލުވުމުގައި ބައިވެރިނުވާން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ނިންމައިފިއެވެ.

ކޮމެޓީ ފެއްޓުމާއި އެކު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ޔައުގޫބަށް ދެއްވި ފުރުސަތުގައި ޔައުގޫބު ވަނީ މިހާރު ކުރިޔަށްދާ ކޮމެޓީގައި އޭނާގެ މަސްލަހަތު ފުށުއަރާ ކަމެއް އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން އެ މައްސަލާގައި މާލިއްޔަތު ކޮމެޓީން މީގެފަހުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވާން އޭނާ ނިންމާފައިވާ ކަމަށެވެ.

މީގެކުރިން މި މައްސަލާގައި ޔައުގޫބަށް އެތައް ބައެއްގެ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ޔައުގޫބު ވަނީ ދާދިފަހުން ސަންގުޓީވީގެ ޕްރޮގްރާމެއްގައި ރައްދު ދެއްވާފައެވެ. އާއިލާ މެންބަރަކު ވައްކަން ކުރުމަކީ އޭނާ ވައްކަން ކުރުމެއް ނޫން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ އޭނާ އަކީ ވަކި މީހެއް ކަމަށެވެ. އަދި އޭނާ ކުރި ކުށެއް ވެއްޖެ ނަމަ އަދަބު ލިބެން ޖެހޭނެ ކަމަށާއި އެކަމަކު ނުކުރާ ކުށަކަށް އަދަބު ލިބިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: