ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް ރިޕޯޓު އިންސާފުވެރިއެއް ނޫން: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު އަމީން. ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރު ގެނައުމާ ބެހޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓު އިންސާފުވެރި ނޫން ކަމަށް އެ މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި މިއަދު ބުނެފި އެވެ.

ހެލްތް މިނިސްޓްރީން ކޮވިޑަށް ކުރި ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފިހުން ތައްޔާރު ކުރި އޮޑިޓް ރިޕޯޓާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހެލްތް މިނިސްޓްރީގެ އިސްވެރިން ހާޒިރު ކުރި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންއާ ހެލްތު މިނިސްޓްރީން ހަވާލުކޮށް، 30 މިލިއަން ރުފިޔާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ބައްދަލުވުމުގައި އޮޮޑިޓް ރިޕޯޓާ ހަވާލާދީ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ރިއާޔަތްކުރީ ހެލްތު މިނިސްޓްރީން ދިން މައުލޫމާތުތަކަށް ވުރެ ބޮޑަށް އެހެން ގޮތްގޮތުން ލިބުނު މައުލޫމާތުތަކަށް ކަމަށެވެ. އެހެންވެ، އެއީ އިންސާފުވެރި ރިޕޯޓެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި މަކަރާ ހީލަތްތައް ހަދާފައިވާ ކަމަށް ފެންމަތިވެގެން ދިޔަ އެ ރިޕޯޓުގައި އެގޮތަށް އޮތް ނަމަވެސް، ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، އޭނާ އަށް ގަބޫލު ކުރެވޭ ގޮތުގައި މިނިސްޓްރީން މަސައްކަތް ކޮށްފައިވަނީ ވައްކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި މަސައްކަތްކޮށްފައިވަނީ އޭރު ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކަންތައްތަކެއް ކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: