ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒީރޯ ޓޮލަރެންސް ނަގަނީ ސީރިއަސްކޮށް: ޝާހިދު

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރައީސް އިބްރާހީމް މުހައްމަދު ސާލިހް ގެ އަރިހުގައި: ފޮޓޯ ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިން، ފޮރިން މިިސްޓްރީގެ ހަރަދުތަކާއި އަދި މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށް ހާމަވުން އެއީ ދިވެހި ހާރިޖީ ޓީމަށް ލިބުނު ކާމިޔާބެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތަކާއި ގުޅިގެން ޝާހިދު ވަނީ މިނިސްޓްރީގެ ވެރިންނާއި، މުވައްޒަފުންނާއި، އަދި ރާއްޖެއިން ބޭރުގައި ހުރި ދިވެހި ޑޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި ސަފީރުންނާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.

ޝާހިދު ވިދާޅުވީ މިއީ މުވައްޒަފުންގެ ބުރަ މަސައްކަތުން ހާސިލްވީ ކާމިޔާބެއް ކަމަށާއި، މިއީ ގައުމުގެ ހާރިޖީ ޓީމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. ޝާހިދު ވިދާޅުވީ އޮޑިޓް ރިޕޯޓުން ސާބިތުވެގެން ދިޔައީ މުޅި ދުނިޔެ ކޮވިޑްގެ ނުރައްކަލާއި ކުރިމަތިލައި، ގައުމުތައް ފުރަބަންދަށް ގޮސް، ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ބޮޑެތި ދަތިތައް ހައްލުކުރުމުގަޔާއި، ރާއްޖެއިން ބޭރުގައި ހާލުގައި ޖެހުނު ދިވެހިން ރާއްޖެ އަނބުރާ ގެނައުމުގައި އެހީތެރިވެދިނުމަށް ފޮރިން މިނިސްޓްރީން ކުރި މަސައްކަތްތައް ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ކާޑާ ހަކަތައިގެ ބާވަތްތަކާއި ބޭހާ އެނޫންވެސް ޒަރޫރީތަކެތި ހުސްނުވެ ރާއްޖެއަށް ލިބޭނޭ މަގު ފަހިކޮށް ދިނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ލަފައާއި އިރުޝާދުގެ ދަށުން ފޮރިން ސާވިސްގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރިޔަށް ގެންދިޔައީ ތެދުވެރިކަމާ، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

“ރާއްޖެއަށް ބޭނުންވާ އަސާސީ ކާޑާ ހަކަތައިގެ ބާވަތްތަކާއި ބޭހާ އެނޫންވެސް ޒަރޫރީތަކެތި ހުސްނުވެ ރާއްޖެއަށް ލިބޭނޭ މަގު ފަހިކޮށް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ލަފާފުޅާ އިރުޝާދުގެ ދަށުން ފޮރިން ސާރވިސްގެ އެންމެހާ މުވައްޒަފުން ރެޔާ ދުވާލު ކުރެއްވި ބުރަ މަސައްކަތް ކުރެއްވުމުގައި އެންމެ އިސްކަމެއް ދެއްވީ ތެދުވެރިކަމާ، އަމާނާތްތެރިކަމާ، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް” ޝާހިދު

ޝާހިދު ވިދާޅުވެފައިވަނީ އޮޑިޓުން ވެސް ހާމަވަނީ ފޮރިން މިނިސްޓްރީން މި ސަރުކާރުގެ “ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް” ސިޔާސަތަށް ޢަމަލާއި ބަހުން އިޖާބަ ދެމުންދަކަން ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮވިޑްއާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.

އޮޑިޓުގައި ވާގޮތުން ފޮރިން މިނިސްޓްރީއިން ހަރަދުތައް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ކޮވިޑު އާ ގުޅިގެން ފިނޭންސްއިން ނެރެފައިވާ ސާކިއުލާތަކާއި އުސޫލްތަކާއި އެއްގޮތަށެވެ.

ޖެނުއަރީ މަހުން ފެށިގެން، ޖޫން މަހުގެ ނިޔަލަށް ފޮރިން މިނިސްޓްރީން ކުރި ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓުގައި ބުނެފައިވަނީ އޮޑިޓް ކުރިޔަށް ގެންދިއުމުގައި، މިނިސްޓްރީ އާއި ދައުލަތުގެ އެހެނިހެން ބައެއް މުއައްސަސާތަކުން އޮޑިޓަށް ފޯރުކޮށްދިން ލިޔެކިއުންތައް ބަލައި ދިރާސާ ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: