ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރު ސަނީފު އަމަލުކުރެއްވީ ރަނގަޅަށް ކަމަށް އިމްތިޔާޒު ކޮމިޓީން އިއްތިފާގުވެއްޖެ

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެމްބަރުން އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމުމުގައި ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް(ސަންނަ)، އޭނާގެ މަސްލަހަތު ފުށުއަރާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.

ސީއެސްސީއަށް ކުރިމަތިލެއްވި41 ބޭފުޅުންގެ ތެރެއިން 15 ބޭފުޅަކަށް ރުހުންދޭން ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމިއިރު، އެ ކޮމިޓީގެ މެންބަރު ސަނީފުގެ މަސްލަޙަތުފުށުއަރާ ކަމެއްގައި ބައިވެރިވިކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

ސަނީފްގެ މައްސަލަ އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވީ ސަނީފުގެ ކުރީގެ އަނބިކަނބަލުންނަށް ރުހުން ދޭން ސީއެސްސީ އަށް އައްޔަން ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި އޮތުމުންނެވެ.

މިކަމާއި ގުޅިގެން އިއްޔެގައި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން އިއްތިފާޤުވެފައިވަނީ މަސްލަހަތު ފުށުއަރާކަމެއްގައި ސަނީފު ބައިވެރިވެ ވަޑައިނުގަންނަވާކަމަށެވެ. ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ އާއިލީ ގޮތުން ގާތް މީހުން ކަނޑައަޅާފައިވަނީ މާލިއްޔަތު ގަވާއިދުގައި ކަމަށާއި އެ ގަވާއިދު ވެސް ކުރީގެ އަނބިންނަކީ އާއިލީ ގޮތުން ގާތް މީހުން ކަމަށް ބަލާފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން “ސަންގު”އަށް މައުލޫމާތު ދެއްވަމުން މެންބަރު ސަނީފު ވިދާޅުވީ، ކުރީގެ އަނބިކަނބަލުންގެ ނަން އޮތްކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން މި ނަންތައް ފައިނަލް ކުރީ 4 ދުވަހުން ކަމަށާއި، ކުރީގެ އަނބިކަނބަލުންގެ ނަން ފާސްކުރުމަށް އެޖެންޑާ ކުރެއްވި ދުވަހުގައި ކޮމިޓީގެ ވޯޓުގައި ބައިވެރިވެސް ނުވާކަމަށެވެ. ސަނީފު އިތުރަށް ވިދާޅުވީ ކުރީގެ އަނބިމީހާ ކަމުން އެއީ އެއްވެސް މަސްލަޙަތެއް އޮތް މީހެއްކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނުވެސް ނެތްކަމަށާއި، ނަމަވެސް އެފަދަ ތުހުމަތެއް ފަހުންވެސް ކޮށްފާނެތީވެ އެ ދުވަހުގެ ވޯޓުގައި ބައިވެރި ނުވީކަމަށެވެ.

އަޅުގަނޑު އެ ވޯޓުލީ ދުވަހު ވޯޓުގައި ބައިވެރިއެއް ނުވަން. އޭނާގެ ނަން އެކަންޏެއް ނޫން. އެ ދުވަހު ވޯޓަށް އެހި4 ނަމުގެ ވޯޓުގައިވެސް ބައިވެރިއެއް ނުވަން. އަދި އަޅުގަނޑު އެ ވޯޓުގައި ބައިވެރި ނުވުމުން ނުވުމުން އިތުރު އެއްވެސް މީހަހަކށް ގެއްލުމެއް ނުލިބޭނެކަން ޔަޤީން ކުރިން”

ސަނީފްގެ ކުރީގެ އަނބިކަނބަލުން ވެސް ހިމެނޭ ގޮތަށް ސީއެސްސީ އަށް ހޮވާނެ މެމްބަރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވެސް އޮތީ ކަނޑައަޅައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: