ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މުއައްސަސާތަކަށް ދައްތައާއި، ބޮޑުދައިތަ އާއި އަނބިމީހާ އައްޔަން ކުރުމުން ނިކުންނާނީ ވަރަށް ބޮޑު ނުބައެއް”

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަން މުވައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގައި، ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުން ދަނީ އާއިލީ ބޭފުޅުންނާއި ގާތް މީހުންނަށް އިސްކަން ދޭ އުސޫލުންކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ޝަރުތު ހަމަ ނުވީ ނަމަވެސް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސް މީހުންތައް މަގާމުތަކަށް އައްޔަން ކުރާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ދާފިފަހުން ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން ކަނޑައެޅުމުގައި ތައުލީމީ ގޮތުން ރަނގަޅު ބޭފުޅުންތައް ތިބި ނަމަވެސް ކޮމިޓީން ފާސް ކުރީ އެހެން ނަންތަކެކެވެ. އެއަށްފަހު އެމްޑީޕީން ވަނީ ކޮމިޝަނަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅައި ތްރީލައިން ވިޕެއް ނެރެފައެވެ.

އެމްޑީޕީން ތްރީލައިން ވިޕް ނެރުނު ބޭފުޅުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފް އައްޔަން ކުރަން ވޯޓު ދިނުން ވެސް ހިމެނެއެވެ. ނަން މަޖިލީހުގެ ތަޅުމަށް ފޮނުވިއިރު، ނަންތައް ދިރާސާ ކުރި މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ސަނީފް ހިމެނެއެވެ.

ސަނީފުގެ މަސްލަހަތު ހިމެނޭ ބޭފުޅަކު އޮތުމުން އެކަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެންގެވިއެވެ. އެހެން ނަމަވެސް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ޓްވީޓެއް ކުރައްވާ ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެއްވެސް ފަރާތަކާއި ގުޅުމެއް ހުރި މެމްބަރަކު އިންޓަވިއުގައި ބައިވެރިވެ ވޯޓު ވެސް ދެއްވާފައި ނުވާނެ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިވަގުތު އިންނެވި ހަމައެކަނި މެންބަރަކީ ފާތިމަތު އާމިރާއެވެ. އަދި އާމިރާއަކީ މިނިވަން މުވައްސަސާތަކާއި ބެހ ކޮމިޓީގެ މުގައްރިރު، އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑުދައިތައެވެ.

ސީއެސްސީގައި ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުނު ބޭފުޅުންނަކީ، ފާތިމަތުގެ ޝަރީފްގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާސިހާއި، މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ފަރުޝަތާއި، އިބްރާހިމް ރަޝީދެވެ.

މި މައްސަލައިގައި ކޮމިޓީގެ މެމްބަރުނަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. އެކަމާއި ގުޅިގެން ދިޔާނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރާއިރު އާއިލީ މީހުންނަށް ބަލާ، ނިންމުންތައް ނިންމުމުން އޭގެއިން ނިކުންނާނީ ނުބައި ނަތީޖާއެއް ކަމަށެވެ. އަދި މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި އޮބްޖެކްޓިވް ގްރައުންޑްއިން ކަންކަން ނިންމެވުން މުހިއްމުކަމަށް ދިޔާނާ ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރަން މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ރުހުން ދީފައިވާ ބޭފުޅުންގެ ތެރެއިން މަރިޔަމް މުނާ އާއި އަހުމަދު މޫސާގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޮމެޓީން ނިންމި މައްސަލައިގައި ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މުނާ އާއި، މޫސާއަށް ރުހުން ދިނުމަށް ނިންމުމަށްފަހު އޭގެ ފަހުން އެ ދެ ބޭފުޅުންގެ ޝަރުތު ހަމަނުވާކަމަށް ކޮމިޓީން ނިންމީ މާސްޓާސް ހާސިލް ކުރައްވާފައި ވިޔަސް، ކޮމިޝަންގެ ގާނޫނުގައި ބުނާ ޑިގްރީއެއް ހާސިލް ކުރައްވާފައި ނެތުމެވެ.

ދެ ބޭފުޅުންގެ ވެސް ތައުލީމީ ޝަރުތާ ބެހޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ލަފައަކަށް މަޖިލީހުން އެދުމުން އެ މިނިސްޓްރީން ލަފާ ދީފައިވަނީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައި ވިޔަސް، ފުރަތަމަ ޑިގްރީ އޮތް ކަމަކަށް ނުބެލެވޭނެ ކަމަށެވެ. އެ ލަފާއާއި އެކު ކޮމިޓީގެ ނިންމުން ބަދަލު ކުރީއެވެ.

ދެ ބޭފުޅުންގެ ނަން ޑިސްކޮލިފައި ކުރި މައްސަލައިގައި މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ވެސް އުފެދުނެވެ. ޝަރުތު ހަމަނުވާކަމަށް ދެކެވުނު ވާހަކައިގެ ތެރެއިން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރުން ވިދާޅުވެފައި ވަނީ ގާނޫނީ ގޮތުން ލާޒިމީ ޑްގްރީ ފެންވަރަށް ތައުލީމު ހުރުން ކަމަށެވެ. އެހެން ކަމުން ޑިގްރީއެއް އޮތުން ލާޒިމެއް ނުވާ ކަމަށެވެ. ބައެއް މެމްބަރުން ވަނީ ޑިގްރީއަށް ވުރެ މަތީ ފާހެއް އޮތުމުން އެ ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް ބެލެވޭނެ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް ކޮމިޓީގައި އެހެން މެމްބަރުން ވިދާޅުވީ ލާޒިމްވަނީ ޑިގްރީއެއް ކަމަށާއި، ގާނޫނުގައި ވާ ގޮތަކީ އެއީ ކަމަށެވެ.

އެ ދެ ބޭފުޅުން މާސްޓާސް ހާސިލް ކޮށްފައިވާތީ ކޮމެޓީގެ މެމްބަރުންގެ މެދުގައި ޝަރުތާ ބެހޭގޮތުން ޚިޔާލު ތަފާތުވި އެވެ. ބައެއް މެމްބަރުން ވިދާޅުވީ ގާނޫނު އޮތްގޮތުން ލާޒިމްވަނީ ޑިގްރީ ފެންވަރަށް ތައުލީމީ ފެންވަރު ހުރުން ކަމަށާއި ޑިގްރީއެއް އޮތުން ކޮންމެހެން ލާޒިމްނުވާ ކަމަށެވެ. އެހެންވެ، ޑިގްރީއަށް ވުރެ މަތީ ފާހެއް އޮތުމުން އެ ބޭފުޅުންގެ ޝަރުތު ހަމަވީ ކަމަށް ބެލެވިދާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފާ ހޯދުމުން، ފިލްޒާ ލަފާ ދެއްވާފައިވަނީ ޑިގްރީއަށް ވުރެ މަތީ ފާހެއް އޮންނަ މީހުން އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބެލުން އެއީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ. ފިލްޒާ ވެސް ވިދާޅުވީ ގާނޫނު ލާޒިމް ކުރަނީ ޑިގްރީ ފެންވަރަށް ތައުލީމް ހާސިލް ކުރުން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އޮތް ގޮތުން ޑިގްރީއެއް އޮތުން ކޮންމެހެން ލާޒިމްނުވާ ކަމަށާއި މާސްޓާސް ނުވަތަ ޕީއެޗްޑީ ހާސިލް ކޮށްފައިވާ މީހުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ނަމަ، ޝަރުތު ހަމަވީ ކަމަށް ބެލެވިދާނެ ކަމެވެ.

އެހެން ނަމަވެސް ކޮމިޓީން އެ ލަފާ ބަލައިނުގަނެ ނިންމާފައިވަނީ، އެ ދެ ބޭފުޅުން ޑިގްރީ ހާސިލް ކޮށްފައިވާ ނުވާ ލިސްޓުން މުނާ އާއި އަހުމަދު މޫސާގެ ނަން އުނިކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: