ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ ހިރާސް ކުޑަ ކުރުމަށް މަސައްކަތް ކުރިން: އަމީރު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިނިސްޓްރީތަކާއި، ދައުލަތުން ކުރަމުން ދިޔަ މަސައްކަތްތަކުން ކޮރަޕްޝަންގެ އަމަލުތަކުގެ ހިރާސްތައް ކުޑަކުރުމަށް މަސައްކަތް ކުރިޔަށް ގެންދެވުނުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ރާއްޖެއަށް ދިމާވި ކޮވިޑު-19 ގެ ހާލަތާއި ގުޅިގެން ކުރެވޭ ހަރަދުތަކުގައި ވެސް މައްސަލަތަކެއް ހުރެދާނެކަން ދެނެގެން، ފިނޭންސް މިނިސްޓަރެއްގެ ހައިސިއްޔަތުން ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކުގެ ސަބަބުން ބޭނުންވީ، ވީހާވެސް ދެފުށް ފެންނަ އުސޫލުން ޓްރާންސްޕޭރެންޓުކޮށް، ޕަބްލިކް ފައިނޭންސްއަށް ހުޅުވާލުމަށް ކަމަށެވެ.

ކޮވިޑަށް ކުރި ހަރަދުތަކާއި ބެހޭ ތަފްސީލުތަކަކީ އެއީ އޭނާ ބޭނުންވެގެން، ޕަބްލިޝް ކުރަން ފެށި ރިޕޯޓުތަކެއް ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ކޮންމެ ހަފްތާއަކުން ހަފްތާއަކުން، ކޮވިޑަށް ކުރާ ހަރަދުތަކުގެ ތަފްސީލު ފެންނަން ހުންނާނެކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އޯޑީ ފެސިލިޓީއަށް ރައްޔިތުންގެ މަޖިލީހުގައި އެދުމުން އޭގެ އެއް ލަފައަކަށް އައީ އޮޑިޓާރ ޖެނެރަލް މެދުވެރިކޮށް ކޮމްޕަލައިންސް އޮޑިޓުތައް ހެދުން ކަމަށެވެ.

“އޭގެ ކުރިން އަޅުގަނޑު އަމިއްލައަށް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަށް އީމެއިލްކޮށް ދަންނަވާފައިވާނެ ރިސްކުތައް ހުރެދާނެކަމުގެ ކަންބޮޑުވުން އެބައޮތޭ، އެހެން ވީމަ ވީހާވެސް އަވަހަކަށް އޭގައި ހުރި ކަލެކްޓިވް މެޝާސްތަކެއް އޭގައި ހުރި ލޫޕް ހޯލްސްތަކެއް ހުރިއްޔާ ހުރިތަންތަން ބަލާ ވީހާވެސް އަވަހަށް އަޅުގަނޑަށް އަންގާށޭ. އެއާއި އެކު އަޅުގަނޑު އަމިއްލައަށް ބަލާފަ އަޅުގަނޑު ހުންނާނެ މެކޭނިޒަމްތަކެއް ރާވާފައި. އަދި އެއާއި އެކު ހުންނާނެ މާލިއްޔަތާއި ބެހޭ ސާކިއުލާއެއް އަޅުގަނޑު ނެރެފައިވާނެ 03 މޭއި ގައި ކޮރަޕްޝަން ހިރާސް ކުރުމަށް ވާނެ ސާކިއުލާއެއް ވެސް ނެރެފައި.” އަމީރު

މީގެ އިތުރުން އަމީރު ވިދާޅުވީ ކޮވިޑު 19 މި ހާލަތުގެ އިތުރުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރޭގައި ޓެންޑާރ ބޯޑުން ކުރެވޭ ޓެންޑާރ ކުރިހާ އެވޯޑްސްތަކެއްގެ ސަމަރީ ޝީތުތައް ފެންނާން ހުންނާނެ ކަމަށެވެ. އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާ ކަމަށާއި، ހުރިހާ މަސައްކަތްތަކެއް ވެސް ކުރިޔަށް ގެންދަނީ ދެފުށް ފެންނަ އުސޫލުންކަމަށް އަމީރު ވިދާޅުވިއެވެ. އަދި ބޭނުންވަނީ މިހާވެސް ޕަބްލިކް ޕްރޮކިއުމަންޓް ނިޒާމަކާއި ވީހާވެސް އޯޕަން ފައިނޭންޝިއަލް ނިޒާމެއް އޮތުމަށް ކަމަށެވެ. މިއީ 100 އިންސައްތަ ކޮރަޕްޝަން އެކުނުލެވޭނެ މަސައްކަތްތައްކަމާއި މެދު ފިނޭންސް މިނިސްޓަރަކަށް ހުރެ ޔަގީންކަމެއް ނުދެވުނު ނަމަވެސް އަމީރު ވިދާޅުވީ ސުވާލެއް އުފެދި ޝަކުވާއެއް އައިސްފިނަމަ އެ މައްސަލައެއް ބެލޭނެ މެކޭނިޒަމް ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ފޯރުކޮށްދޭނެ ކަމަށެވެ.

ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ދައުލަތުގެ އިންޓާނަލް އޮޑިޓުގެ މެކޭނިޒަމް ވަރުގަދަކޮށްފައިވާނެ ކަމަށެވެ. އެގޮތުން އިންޓާނަލް އޮޑިޓު ކޮމިޓިއެއް އުފައްދައި، އެ ކޮމިޓީގެ ޗާޓުވެސް އާއްމުކޮށްފައިވާނެކަން އަމީރު ފާހަގަކުރެއްވިއެވެ. މިނިސްތްރީތަކުގެ ތެރޭގައި އޮޑިޓުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން ދައުލަތުގެ އެކި ރޭންކުތަކުގެ އޮފީސްތައް ބަހާލައި މަސައްކަތްތައް ކުރިޔަށް ގެންދެވުނުކަމަށް އަމީރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ހެލްތް މިނިސްޓްރީއިން އަމަލުތަކެއް ހިންގި މައްސަލައެއް ހެލްތް މިނިސްޓްރީގެ ކޮވިޑު އޮޑިޓުން ވަނީ ހާމަވެފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމެންޓު” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓު އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ހިދުމަތް ހޯދުމުގައި އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބަލަން ޖެހޭނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: