ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރުނެތް ކަމުގެ މައްސަލާގައި އެއްވެސް އަސާސެއް ނެތް: ސިފާ

ސިޓީކައުންސިލްގެ މޭޔަރ ސިފާ ނޫސްވެރިންނާއި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރުނެތް ކަަމުގެ މައްސަލާގައި އެއްވެސް އަސާސެއް ނެތްކަމަށް މާލޭ ސިޓީ މޭޔަރު ސިފާ މުހަންމަދު ވިދާޅުވެއްޖެއެވެ.

ކައުންސިލް ހިންގެވުމުގައި އިހުމާލުވެ ވަޑައިގެންފައިވާތީ ކަމަށް ބުނެ ހުށައަޅާވައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ރައްދު ދެމުން ސިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކައުންސިލަށް ކުރިމަތިލެއްވީ ހިދުމަތެއް ކޮށްދިނުމަށް ކަމަށާއި، އަމިއްލަ މަންފާއާއި ފައިދާއެއް ހޯދުމަކަށް ނޫންކަމަށެވެ.

އިތުރަށް ޓުވީޓުގައި ސިފާ ވިދާޅުވީ، އިތުބާރު ނެތްކަމަށް ހުށައެޅުއްވި މައްސަލާގެ ތެރޭގައި ރައްޔިތުންނަށް ޙިދުމަތްނުދެވިގެން، ކަންބޮޑުވެގެން އެންމެ ކަމެއްވެސް ނެތްކަމަށެވެ.

ސިފާގެ ވާހަކަށް ދިފާއުކުރައްވާ އަލީ ނިޔާޒުވެސް ވަނީ ވާހަކަދަައްކާވާފައެވެ. އެގޮތުން އަލީ ނިޔާޒު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ  ޒާތީ މައްސަލަތައް އިސްކޮށް ކައުންސިލްތައް ހިންގަން ތިބޭފަރާތްތަކަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުން އެކަންބަލައި ނުގަނެވޭކަމަށެވެ.

ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާލޭ ސިޓީ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީނެވެ. މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފާސްވީ 9 މެންބަރުންގެ ވޯޓުންނެވެ.

އަދި މައްސަލައަށް ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ސިފާ އަށް ދިނުމަށް ވަނީ ނިންމާފައެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: