ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލެޓް ދިނުމުގައި ކުރާ މަސައްކަތަށް ބެލުމަކީ ވަރަށް ނާއިންސާފުކަމެއް: އިބުރާ

ފްލެޓްތައް ދޫކުރަން ވާނީ ހަމަހަމަ ކަމާއެކުގައި: އިބްރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލެޓް ދިނުމުގައި އިންސާނުން ދަރަޖަކުރުން ހުއްޓާލުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާޙިމް އިސްމާޢިލް (އިބްރާ) ގޮވާލައްވައިފިއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފްލެޓް ދިނުމުގައި ކުރާ މަސައްކަތަށް ބެލުމަކީ ވަރަށް ނާއިންސާފު ކަމެއްކަމަށެވެ. އެގޮތުން، މަސްވެރިޔާއަށް ނުލިބި ޓީޗަރުންނަށް، ކުނި ނަގާ މީހާއަށް ނުލިބި ސިފައިންނަށް، އަދި ޕިކަޕް ދުއްވާ މީހާއަށް ނުލިބި ޑިރެކްޓަރުންނަށް ފްލެޓް ދޫކުރަނީ ކޮން ހަމައަކުން ތޯ ސުވާލު ކޮށްފައެވެ. އަދި މަސްވެރިންނާއި، އޮޑިތަކުގެ ފަޅުވެރިންނާއި ކުނިކަހާ މީހާއާއި ކުނި އުފުލާ މީހަށް ފްލެޓް ޚާއްސަ ކުރަނީ ކޮން އިރަކުންތޯ ސުވާލު ކުރައްވާފައިވެއެވެ.

“ކޮންމެ ރައްޔިތަކީވެސް ބޯހިޔާ ކުރުމުގައި ހަމަހަމަ ވާން ޖެހޭ މީހެއް” މިނިސްޓަރ އަސްލަމް އާއި ޓެގް ކުރައްވާ އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ފްލެޓް ދޫކުރަން ޖެހޭނީ އެކަމަށް ބޭނުންވާ އެންމެން ލިސްޓްކޮށްފައި ގުރުއަތުލައިގެންކަމަށެވެ. އޭރުން ކޮރަޕްޝަނެއްވެސް މިކަމުގައި ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

އިބްރާ މިގޮތަށް ޓްވީޓްކޮށްފައިވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ބައެއް ފްލެޓްތައް ވަނީ އެކި މަސައްކަތް ކުރާ މީހުންނަށް ޚާއްސަކޮށްފައެވެ. އަދި އޭގެ ކުރިންވެސް ވަނީ ޓީޗަރުންނާއި، އެނޫންވެސް މަގާމުތައް ފުރުއްވާ ފަރާތްތަކަށް ޚާއްސަކޮށްގެން ފުލެޓް ދޫކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: