ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާކުރަން އުޅޭތީވެ، ލޮކްޑައުންއަކަށް ދާން އެބައުޅޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ވިއްކާލުމާއި ދެކޮޅަށް މުޒާހަރާ ކުރަން އުޅޭތީވެ، ލޮކްޑައުންއަކަށް ދާން އެބަ އުޅޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުކުރު ދުވަހު ހަވީރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރައްޔިތުން އިހުތިޖާޖް ކުރަން ނިންމާފައިވާތީވެ، އެކަން ހުއްޓުވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ލޮކްޑައުންއަކަށް ދާން އުޅުއްވާ ވާހަކަ އަޑު އިވެމުންދާ ކަމަށެވެ.

ޝިޔާމު ވިދާޅުވީ، ރައްޔިތުން ގެޔަށް ވައްދާފައި ކުރާ ކަންތައްތައް ރައްޔިތުންނަށް އެބަ އެނގޭ ކަމަށެވެ. އަދި ރައްޔިތުން މަޑަކުން ނުތިބޭނެކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ގައުމު ވިއްކާލުމާއި ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މާލެ ފިޔަވައި އެހެން ހުރިހާ ހިސާބެއްގައި މުޒާހަރާ ކުރުމަށް ވަނީ ނިންމާފައެވެ. ޕީއެންސީ އާއި ޕީޕީއެމުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ދަނީ ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި، ގައުމުގެ ހަރު މުދާ ވިއްކައިގެން ލޯނު ނަގަމުންނެވެ. އެހެންވެ، އެ ޕާޓީތަކުގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ މެމްބަރުން ވެސް މުޒާހަރާގައި ބައިވެރިވުމަށް ކޯލިޝަނުންވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުޒާހަރާ ކުރުމެއް ނުހުއްޓުވޭނެ ރައްޔިތުން ބަނޑަށް ޖައްސައިގެން ތިބެގެންނެއް. ކޮވިޑް ޢަދަދު ތިވަރަށް އިތުރުވާނަމަ ބަލިން ފަސޭހަވެ ނިކުންނަ އަދަދުވެސް އިތުރުވާނެ. ބަލީގައި ދެއްވާ ފަރުވާއަކީ ކޮބައިތޯ ވެކްސިނެއްނެތް. ހަށިގަނޑުގައި ދިފާޢީ ނިޒާމް ވަރުގަދަ ޒުވާނުންނަށް ދެއްވަނީ ކޯޗެއްތޯ؟ ހަމަގައިމުވެސް ވެކްސިނެއް ނެތް. މެލޭރިޔާއަށް ފަރުވާދޭން ބޭނުންކުރާ ބޭހެއް ނުދެއްވާ. ޑޮކްޓަރުންނާއި އެޑޮކްޓާރުންނާޢިއެކު މަސައްކަތްކުރައްވާ އެހެނިހެން ބޭކަލުންނާއި ކަނބަލުން ކުރައްވާ މަސައްކަތަށް ސާބަސް. އެހެންނަމަވެސް ހިތާމަޔަކީ ވަކިބައެއްގެ އަތުން ބީވެދާ ނިޒާމުއޮޅުވާލައި ގޭގައި ތިބެވޭނެ ގޮތްހަމަޖެއްސުން. ވެންޓިލޭޓަރ ތައް ގެންނަން އުޅޭބޯޓު އަދިވެސް ނޭގޭ ވީތަނެއް. ހުރިއެއްޗެއް ނެތްއެއްޗެއް ނޭގޭ. މިއީ އޮތްޙާލު. މިޙާލުގައި އަދިވެސް ބުނެވޭނީ ކޮލަރާގެ ދުވަސްވަރު މިދުނިޔޭ ދޫކޮށް ދިޔަމީހުން ދިޔައީ ސްޕީޑެއްގައި ބިރުގަންނަވަރަށް. މިހާރު މިއީ އެޒަމާނެއްނޫން. އެކަމުވެސް މިޤައުމު ޤްދުރަތީގޮތުން އޮތީ މިބަލީގައި ބަލިފެތުރިޔަ ނުދީ ގެންދެވޭނެ ހުރިހާ ނިޒާމެއް ލިބިގެން. ކީއްވެތޯ ވަކީންހުރި ކުދިކުދި ރަށްތަކަށް ބަލިފޮނުވޭނެ ހުރިހާ ވަސީލަތެއް ޤާއިމްކޮށްދެއްވީ. ރިކޯރޑް އަދަދެއް ހަމަވެގެން ސަރުކާރުގެ ބަޖެޓަށް ބޭރުގެ ޤައުމުތަކުން އެހީއަށް އެދެންތޯ؟ މިއީ ކުރަންޖެހޭ ސުވާލު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: