ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުކުޅަހު ސުކޫލުގެ ޓީޗަރުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި!

އއ، ސްކޫލް: ޓީޗަރުން ބޮޑު ބިރުވެރިކަމެއްގައި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ އުކުޅަހު ސުކޫލުގައި  ސަލާން ނަގާފައިވާ ޓީޗަރުންގެ ނަންތައް ސޯޝަލް މީޑިއާގައި  އާންމުކޮށް ޓީޗަރުން ލަދުގަންނަވައިލައިފިއެވެ. އެގޮތުން އެ ސުކޫލުން ސަލާން ނަގާފައިވާގިނަ ޓީޗަރުންތަކެއްގެ ނަން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެއެވެ.

މިކަން ކޮށްފައިވަނީ އެރަށުގެ އާންމު ފަރުދެއް މެދުވެރިކޮށް ސުކޫލުގެ ސީނިއާރ މެނޭޖްމެންޓުގައި ހިމެނޭ ފަރާތަކުން ކަމަށް އެރަށުން “ސަންގު”އާ ވާހަކަ ދެއްކި މީޙުން ބުންޏެވެ. ހަމައެހެންމެ  ގިނަ ޓީޗަރުން  ސަލާން ނަގާފައިވަނީ އެ ޓީޗަރުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ޕެޓިޝަނަކަށް 9 ދުވަސްވީއިރު ވެސް މިނިސްޓްރީން އެއްވެސް ޖަވާބެއް ލިބިފައިނުވާތީ ކަމަށް ސުކޫލުން މައުލޫމާތު ހިއްސާކުރި ޓީޗަރެއް ފާހަގަކޮށްފައިވެއެވެ. އަދި އެ ޓީޗަރުން ތަކުރާރުކޮށް  މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި މިނިސްޓްރީއަށް ގުޅާ ކައުންސިލާ ބައްދަލުކޮށް ވާހަކަ ދެކެވިފައިވާ ނަމަވެސް އެއްވެސް ހައްލެއް ލިބިފައެއް ނުވާކަމަށް އެ ސުކޫލުން ވާހަކަދެއްކި ޓީޗަރަކު ހާމަކޮށްފައިވެއެވެ.

މިގޮތުން މި އަހަރު ފެށުނީއްސުރެ، ސުކޫލު ހިންގުމާ އެރަށުގެ ފަރާތެއް  ހަވާލު ވީއްސުރެ މި މައްސަލައެއް ފެންމަތިވެގެން އުޅޭކަމަށް އެރަށުން ވާހަކަދެއްކި ފަރާތެއް މައުލޫމާތު ދީފައިވެއެވެ.

އުކުޅަހު ސުކޫލުގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން މަޤާމަށް ޝަރުތު ހަމަނުވާ މީހަކު ހަމަޖެއްސުމުގެ ސަބަބުން ސުކޫލުގެ އާންމު މަސަލަހަތު ގޯސްވެފައިވާކަމަށް ސަންގުއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.. އެގޮތުން މިދިޔަ އަހަރު ހުރި ޕުރިންސިޕަލް ޑިސެންބަރުގައި އަމިއްލަޔަށް އިސްތިއުފާ ދިނުމާއި އެކު މިނިސްޓްރީން މި މަޤާމަށް ޝަރުތުހަމަވާ މީހަކު ހަމަޖައްސާ ރަށަށް ގެންނަން އެއް ދުވަހަށް ވެފައިވަނިކޮށް، ސިޔާސީ ނުފޫޒާއި ބާރު ބޭނުންކޮށްގެން މި މަގާމުގެ އެއްވެސް ރޭންކިންއަކަށް ނުފެތޭ މީހަކު ހަމަޖައްސާފައިވާ ކަމަށް ސަންގުއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އުކުޅަހުން މައުލޫމާތު ހިއްސާކުރި އާންމު ފަރުދެއް ފާހަގަކުރެއްވީ އޭނާ މި މަޤާމާއި ހަވާލުވިފަހުން ޓީޗަރުންނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށްށެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސުކޫލުގެ ޓީޗަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅި ޓީޗަރުންނަށް ވަޒީފާގެ ބިރުދެއްކުމެވެ. އެގޮތުން ސަލާން ނެގުންފަދަ އަސާސީ ހައްޤުތައް މަތިކޮށް ފިޔަވަޅު އަޅާނެ ކަމަށް ބިރުދައްކާފައިވެއެވެ. ހަމައެހެންމެ ޓީޗަރުންގެ އަގު ވައްޓާލުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ކަމުގެ އަޑުވެސް ރަށުތެރޭގައި ފެތުރިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ބެލެނިވެރިންގެ ބައްދަލުވުންތަކުގައި ޓީޗަރުން ބަދުނާމުކޮށް ޓީޗަރުންގެ އަގު ވައްޓާލަން އެތައް ފަހަރެއްގެ މަތިން އެތައް މަސައްކަތެއް ކޮށްފައިވާކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ ސުކޫލުގެ ސީނިއާރ މެނޭޖްމެންޓުގެ ބާރުކަނޑުވާލާ، އެއްވެސް މަޝްވާރާއެއް ނެތި ސުކޫލުގެ ބޮޑެތި ނިންމުންތައް ނިންމާކަމުގެ އަޑުތައް  ރަށުތެރޭގައި ފެތުރިފައިވާކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

ޓީޗަރުންގެ އަގުވައްޓާލުމުގެ ގޮތުން މިނިސްޓްރީގެ ބޭފުޅުންނާއި ގުޅައިގެން ސުކޫލުގެ ޓީޗަރުންގެ ދޮގު މައުލޫމާތު ހިއްސާކޮށް އަދި އެކަން އެއީ ތެދުކަން ސާބިތުކުރުމަށްޓަކައި ތަފާތު ދޮގުތައް ހަދާ އޮޅުވާލަން މަސައްކަތް ކުރަމުން ދާކަމުގެ އަޑުތައްވެސް ފެތުރިފައިވާކަމަށް އޭނާ މައުލޫމާތު ހިއްސާކުރިއެވެ.

މިހާރު މި ސުކޫލުގެ ޓީޗަރުންވަނީ ކައުންސިލާ ބައްދަލު ކޮށް މި މައްސަލަތައް ކައުންސިލާ ހިއްސާވެސް ކޮށްފައެވެ. ހަމައެހެންމެ މިކަންކަން ހައްލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް 23 ޓީޗަރުންގެ ސޮޔާއެކު ޕެޓިޝަން ހުށަހަޅާފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. އެހެންނަމަވެސް މި ޕެޓިޝަން ހުށަހެޅިތާ ރަސްމީ 9 ދުވަސް  މިހާތަނަށް ވެފައިވާއިރުވެސް މިނިސްޓްރީން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މި ޕެޓިޝަން ހުށަހެޅި ހިސާބުން ފެށިގެން ސުކޫލުގެ ބައެއް ޓީޗަރުންނަށް ބިރުދެއްކުމުގެ ގޮތުން، ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށް ރަށުން މައުލޫތު ހިއްސާކުރި ފަރާތް ފާހަގަކޮށްފައިވެއެވެ. އަދި އުކުޅަހަކީ އެމް ޑީ ޕީ ރަށަކަށްވެފައި  މި ރަށުގެ އެމް ޑީ ޕީ އިސްވެރިންނާއި، އެމް ޑީ ޕީ ކައުންސިލަރުންވެސް ތިބީ އޭނާ މަޤާމުގައި ބަހައްޓަން ކަމަށާއި މިނިސްޓްރީގެ ޒޯން ކޯޑިނޭޓާރއަކަށް ހުންނެވި  އައިމިނަތު ނަޖުފާ މި މައްސަލަ މިނިސްޓްރީގެ ތެރެއިން އޮއްބާލާފައިވާކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށް ސަންގުއާއި ވާހަކަ ދެއްކި މީހާ ބުންޏ. އެހެންކަމުން މި މައްސަލަ އިތުރަށް ފުޅާވެއްޖެ ނަމަ ގިނަ ޓީޗަރުންތަކެއް މަޤާމުން ވަކިވެގެންދާނެކަމުގެ ބިރު ރަށުގެ ރައްޔިތުންނަށް ހީވެފައިވާކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 52%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ތަނެއް ކުރިއަރާނީ އެތަނެއް ކުރިއަރުވަން ތިބި ބަޔަކަށް ރައްކާތެރި އަދި ހިންހަމަޖެހޭ މާހައުލެއް ގާއިމްކޮށްގެން. މަސައްކަތް ކުރަންތިބި ބަޔަކީ ޓީޗަރުންކަމުގައި ވާއިރު، އެ ޓީޗަރުންނަށް އިތުބާރުކޮށް، އެ ޓީޗަރުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ކަންކަން ސްކޫލްތެރޭގައި ހިނގިޔާ ނުދިނުން ކަށަވަރުކުރަން ޖެހޭ. ވެރިމީހާވެސް އަދި ޓީޗަރުންވެސް އެކުވެރި ވާންވީ. މިކަން ޙާސިލްވާނީ ވެރިމީހާ ކަންކުރާ ގޮތަކުން. ވެރިން ވިސްނަންވީ ދުޅަހެޔޮ ވޯކްފޯސް އެއް ދެމެހެއްޓޭތޯ.

  2. ވެރިއަކައް އެހެންްްްް ރަށަކުން މީހަކު ގެނައީމަ ރަށުމީދާ ޓީޗަރުންނައް ހަޖަމްނުވީ…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: