ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގަނޑު 8 ގެ ފަހުން ވެހިކަލް ނުދުއްވޭތީވެ ވިޔަފާރިތައް ދަނީ ހުއްޓެމުން: ނާޒިމް

ދަގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގަނޑު 8ގެ ފަހުން މާލޭ ސަރަހައްދުގައި ދުއްވުން މަނާ ކުރުމުން ވިޔަފާރިތައް އެއްކޮށް ހުއްޓިގެން ދާ ކަމަށް ވިޔަފާރިވެރިޔާ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ އިގުތިސާދުގެ މައިބަދަ ކަމަށާއި، ރޭގަނޑުގެ އެންމެ މުހިންމުވަގުތުގައި ވެހިކަލް ނުދުއްވޭގޮތަށް ހެދުމުން ވިޔަފާރިތައް އެއްކޮށް ހުއްޓިގެން ދާކަމަށެވެ.

ވެހިކަލް ދުއްވުން މަނާކުރުމުން އެ ވިޔަފާރިތައް ހުއްޓިގެންދާ ކަމަށާއި އޭގެ ބަދަލުގައި ގައިދުރުކަން ބެހެއްޓުމާއި ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

“ވިޔަފާރިތައް ހުއްޓާލަން މަޖުބޫރުވުމުގެ އަސަރު ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ” ކާނަލް ނާަޒިމް

ނާޒިމްގެ ޓްވީޓަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ބްރިގޭޑިއަ އިބްރާހިމް ދީދީ ވަނީ ރައްދުދެއްވާފައެވެ.

އޭނާ ވިދާޅުވީ، ބަލީގެ ނިޝާނެއް ނުފެންނަ އެތައްބަޔަކު އެއްވެސް ކަހަލަ މޮނިޓަރިންގ އެއް ރައްކާތެރިކަމެއް ނެތި ބޭރުތޭގައި އުޅޭ އުޅުމަށް ރިއާޔަތްކުރަން ޖެހޭކަމަށެވެ. އަދި ވެހިކަލްތައް ދުއްވުން މަނާކުރުމުން ކޮވިޑު ފެތުރުމަށް ބަދަލެއް އާދޭތޯ ބަލަން ޖެހޭކަމަށްވެސް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ވެހިކަލްތައް ރޭގަނޑު 8 އިން 10 އަށް ދުއްވުން މަނާކޮށްފައިވާއިރު އެ ގަޑި ތަކުގައި ބޭރުގައި އުޅެވެއެވެ. އަދި ރޭގަނޑު 10 ގެ ފަހުން ކާފިެު ހިންގާތީވެ އެއްގޮތަކަށްވެސް ބޭރުގައި އުޅުން މަނަލެވެ. މިހާރު ރޭގަނޑު ފިހާރަތައް 9:30 ގައި ބަންދުކުރަން ޖެހޭއިރު ބައެއް ފިހާރަތައް ރޭގަނޑު އަށެއް ގެ ފަހުން ނުހުޅުވައެވެ.

އެޗްޕީއޭގެ މި ނިންމުމަށް ވަރަށް ގިނަ ބަޔަކު ދަނީ މީސް މީޑިއާގައިވެސް ފާޑު ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: